މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް (ކ) އާއި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން (ވ)
މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް (ކ) އާއި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން (ވ)
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ދަންޖައްސަން ގޮވި މައްސަލާގައި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމަށް ލިޔުމުން ނަސޭޙަތް ދިނުމަށް މަޖިލީހުން ނިންމައިފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ވިދާޅުވީ ސިޔާމުގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބެލުމަށްފަހު ލިޔުމުން އޭނާއަށް ނަސޭހަތްތެރިވުމަށް ނިންމާފައިވާ ކަމަށެވެ. އީވާ ވިދާޅުވީ މިފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށް ސިޔާމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ލިޔުމުންވެސް އެ ނަސޭހަތް ފޮނުއްވާނެ ކަމަށް ވިދާޅުވެ، މަޖިލީހުގެ ކަރާމާތް ދެމެހެއްޓޭނެ ގޮތަށް މެންބަރުންގެ އަމަލުތައް ބެހެއްޓުމަށް އީވާ ވަނީ އިލްތިމާސް ކުރަށްވާފައެވެ.

06 ޖޫން ދުވަހު ސިޔާމް ބައިވެރިވެވަޑައިގެންނެވި ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ބައްދަލުވުމަށްފަހު އެ ކޮމިޓީން ނުކުމެވަޑައިގެން ބޭރުގައި ތިއްބެވި މެންބަރުންނާ ވާހަކަ ދައްކަވަމުން ހިސާން "ދަންޖައްސަންޖެހޭ" ކަމަށާއި، "އެކަންކޮށްގެން ފާފަވެރިވެސް ނުވާނެ" ކަމަށް ސިޔާމް އެ އޯޑިއޯގައި ވިދާޅުވެއެވެ. ފަހުން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ސިޔާމް ވިދާޅުވީ ހިސާނާ ދެމެދު ކުރި ޒުވާބުގެ ތެރެއިން އެކަހަލަ އެއްޗެއް ވިދާޅުވެވިފައި އޮވެ ދާނެ ކަމަށެވެ. ނަމަވެސް އޭނާ މާނަ ކުރެއްވީ އެގޮތަށް ނޫންކަމަށް ސިޔާމް ވިދާޅުވިއެވެ.

އެމައްސަލާގައި ސިޔާމްގެ އެމްޑީއޭއިން ނެރުނު ބަޔާނެއްގައި، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ދެއްކެވި ވާހަކައަކާއި، ގުޅިގެން އެ ވާހަކައިގެ މުޅި މަފްހޫމް އޮޅުވާލައި، ތަފާތު އެކި މަންސަތަކުގައި ޕާޓީގެ ލީޑަރާއި، މެދު ނަފްރަތު އުފެއްދުމަށް ކުރަމުންގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި ވެއެވެ. އަދި އެމްޑީއޭގެ ލީޑަރު ސިޔާމަކީ އެއްވެސް އިރެއްގައި މީހަކަށް އަނިޔާވެރިވުމަށް ގޮވާލާނެ، އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބުމަށް އެދޭނެ މީހެއް ނޫންކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް އަރުވާކަމަށްވެސް އެމްޑީއޭގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން