ރިޔާސީ އިންތިޚާބެއްގައި ވޯޓް ގުނަނީ; މާދަމާ ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނެ.
ރިޔާސީ އިންތިޚާބެއްގައި ވޯޓް ގުނަނީ; މާދަމާ ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނެ.
އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު އަންނަ މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުން ނޫސްބަޔާނުގައި ބުނެފައިވަނީ، ނުވަ ރަށެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު މިއަންނަ އޮގަސްޓުމަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާ ދާއިރާތަކަށާއި އެއްވެސް މީހަކު ކުރިމަތިލާފައިނުވާ ދާއިރާތަކާއި ދެވަނަ ބުރުގައި އެއްވަރުވި ދާއިރާތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އަދި ލ. މާބައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން މިއަންނަ އޮގަސްޓުމަހުގެ ހަތް ވަނަ ދުވަހު ބާއްވަން އެކޮމިޝަނުން ނިންމަވާފައިވެއެވެ.

މި އިންތިހާބު ބާއްވަން ނިންމާފައިވަނީ ހދ. ނޮޅިވަރަމު، ހދ. ނޭކުރެންދޫ، ބ. ފުޅަދޫ، ކ. ދިއްފުށީ، އއ. ފެރިދޫ، ވ. ރަކީދޫ، މ. ރަތްމަންދޫ، ނ. މަގޫދޫ އަދި ލ. މާބައިދޫގައި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބު ކުރަންޖެހޭ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، 2021 ޖޫން 23 ވާ ބުދަ ދުވަހުގެ 9:30 ން ފެށިގެން، 2021 ޖުލައި 08 ވާ ބުރާސްފަތި ދުވަހު 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2021 އޮގަސްޓް 07 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 15:00 އަށް ކަމަށާއި ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2021 އޮގަސްޓް 10 ވާ އަންގާރަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން އިން ނެރުން ނޫސް ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން