މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން
މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން
މަރާލުމަށްފަހު ހުޅުމާލޭގެ ސަރަހައްދެއްގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް އެދި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން މިއަދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން 44 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލައިފައި އޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ ރޭ މެންދަމު 2:38 އެހާކަންހާއިރުއެވެ.

މަޖިލީހަށް މައްސަލަ ހުށަހަޅުއްވަމުން ފިރުޝާން މިއަދު ވިދާޅުވީ ކުޑަކުއްޖާ އަކީ ޖެންޑާ މިނިސްޓްރީން އެހީތެރިކަން ފޯރު ކޮށްދެމުން އައި ކުއްޖަކަށް ވެފައި އެކަމުގައި އިހުމާލެއްވޭތޯ ބަލައި އެފަދަ މައްސަލަތަކުގެ އަސްލު ދެނެގަނެ އެކަންކަން ނުހިނގާނެ ގޮތަށް ކަންތައްތައް ރާވައި ވީހާވެސް އަވަހަށް އިންސާފު ހޯދައިދޭން ގޮވާލައްވާ ކަމަށެވެ.

ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި 17 އަހަރު ކުއްޖާގެ ބަންދަށް 15 ދުވަސް އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ރޭ ވަނީ އަމުރު ކޮށްފައެވެ. އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ 27 އަހަރުގެ ޒިހާންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތާއި، ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތުވެސް ފުލުހުން ކުރެއެވެ. ކުޑަކުއްޖާގެ މަރުގެ މައްސަލާގައި އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި މުއްދަތު އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން