ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 208 އަށް އަރައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ 37 އަހަރުގެ ނޭޕާލް މީހެކެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 208 އަށް އަރާފައިވާއިރު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 189 ދިވެހިންނާއި 19 ބިދޭސީންނެވެ. މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި މިދިޔަމަހު ކޯވިޑްގެ ނުރައްކާ ބޮޑުވުމުން ފިޔަވަޅުތައް ހަރުކަށި ކުރުމުން އަނެއްކާވެސް ވަނީ ކޯވިޑް ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދުތައް ދަށަށް ދާން ފަށާފައެވެ. އެއާއެކު މިއަދުންފެށިގެން ފިޔަވަޅުތަކަށް ލުއި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު