12 ވަނަ ބައި
................
"ސާރާ، ކިހިނެއްވެފައި ތިހުރީ؟ ބަލީތަ؟" މުދައްރިސް އައިސް ސާރާގެ ގާތަށް ހުއްޓުނެވެ. ސާރާއާ މީހަކު ވާހަކަ ދައްކާކަމުގެ އިޙްސާސް އޭނާއަށްވީ ދެނެވެ. އޭނާ ތެޅިގެންފައި މުދައްރިސާ ދިމާއަށް އެނބުރުނެވެ.
"ސާރާ ބަލިވެ އުޅޭހެން ހާދަ ހީވެޔޭ.....ސައި ނުބޮއިދޯ ތިއައީ؟" ޞޯލިހު އޯގާތެރިކަމާއެކު ބުންޏެވެ. ނަމަވެސް ސާރާ ޞޯލިޙު ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއެވެ. ސީދާ ޞޯލިހުގެ ލޮލަށް ބަލަހައްޓައިގެން ސާރާ ހުރީއެވެ.
"ސާރާ......" ޞޯލިހު ޑެސްކުމަތީގައި ފަތިގަނޑުން ޖަހާލިއެވެ. ސާރާ ނިކަން ބާރަށް ސިހުނެވެ.
"މުދައްރިސް.....އަޅުގަނޑު ބޭނުމީ ގެއަށްދާން....." ސާރާގެ ދެލޮލަށް ކަރުނައިގެ އަސަރު ފާޅުވިއެވެ. ޞޯލިހަށް ސާރާގެ ޠަބީޢަތު ރަނގަޅު ނޫންކަން ޔަޤީންވުމާއެކު އޭނާގެ އެހީއާއެކު ސާރާ ގެއަށް ފޮނުވާލެވުނެވެ. އޭނާ ގެއަށް ދިޔައީ ޓެކްސީއެއްގައެވެ.
"ދަރިފުޅާ ކިހިނެއްވީ؟ ބޯއެނބުރީތަ؟" ސާރާ ގެއަށް އައިސް ވަނުމުން ހުސްނާ އެއްސެވެ. ހުސްނާއަކީ ސާރާއަށް ކިރިޔާވެސް ކަމެއްވާއިރަށް ނިކަން ހާސްވެ ކަންބޮޑުވާ މަޔެކެވެ. އޭނާ ސާރާ އަތުލަފިކޮށްގެން ގޮސްވަނީ ކޮޓަރިއަށެވެ. އެއިރު އިސްމާޢީލް މަނިކުވެސް ގެއަކު ނޫޅެއެވެ. ހުސްނާ އަވަސް އަވަހަށް އިސްމާޢީލް މަނިކު އޮފީހަށް ގުޅާފައި ސާރާ ބަލި ޚަބަރު އިސްމާޢީލް މަނިކަށް ދިނެވެ. މާގިނައިރުތަކެއް ނުވެ އިސްމާޢީލް މަނިކުވެސް ގެއަށް އަތުވެއްޖެއެވެ.
"މަންމާ......އަހަރެން ބޭނުމީ އަރާމު ކުރަން." ސާރާ އެނދުގައި އޮށޯވެއްޖެއެވެ. އިސްމާޢީލް މަނިކު ގުޅީ އެގޭގެ އާޢިލީ ޑޮކްޓަރ އަފީފަށެވެ.
ސާރާ ބެލުމަށްފަހު އަފީފް ދެތިން ވައްތަރެއްގެ ބޭސް ލިޔެދިނުމަށްފަހު އަރާމު ކުރުމަށް އިރުޝާދު ދިނެވެ. ސާރާގެ ޙާލަތު އިތުރަށް ބަދަލުވީ އެދުވަހުގެރޭގެ އަށެއްގެ ދިވެހި ޚަބަރަށްފަހުގައެވެ.
އޭނާގެ ލޯބިވެރިޔާ ނިމާލްގެ އަނިޔާވެރި މަރުގެ ޚަބަރު އައީ ފުރަތަމަ ޚަބަރެއްގެ ގޮތުގައެވެ. ޓީ.ވީން ނިމާލުގެ ގަބުރު ނުދެއްކި ކަމުގައި ވިޔަސް، ނިމާލް އޮންނާނެ ޙާލަތު ސާރާއަށް ސިފަކުރެވުނެވެ. ސަމާލުކަމާއެކު ޚަބަރު އަޑުއަހަން އޭނާއަށް ހުރެވުނީ ހިނދުކޮޅަކަށެވެ. ބާރަށް ހަޅޭއްލައިގަނެވުމާއެކު އޭނާ އަނބުރައިގެން ބިންމައްޗަށް ދެމިއްޖެއެވެ. ޓީ.ވީ ބަލަންހުރި އިސްމާޢީލް މަނިކު ސާރާ އަތްދަނޑިމައްޗަށް ނަގައިގެން ގޮސް އެނދުގައި ބާއްވާލިއެވެ. ބަދިގެތެރޭ ހުރެފައި ސާރާގެ އަޑަށް ހުސްނާވެސް އައެވެ.
"ރޯނީކީނޫން.....ހުސްނާ އަވަހަށް ޓެކްސީއަކަށް ގުޅާ.....އެމްބިއުލާންސްވެސް ރަނގަޅުވާނެ." އިސްމާޢީލް މަނިކު ބުންޏެވެ. ހުސްނާ ގުޅީ ޓެކްސީއަކަށެވެ.
ހޮސްޕިޓަލަށް ގެންދެވި ފަރުވާއަށް ފެށިތާ މާގިނައިރުތަކެއްނުވެ ސާރާ ހޭއެރިއެވެ. ހޭއެރުމާއެކު ދެލޯ ބޮޑުކޮށްގެން ސާރާ ހޯދަން ފަށައިފިއެވެ. އިރުކޮޅަކުން އޭނާއަށް ކޮންމެވެސް މީހަކު ފެނުނު ކަހަލައެވެ. "ކަލޭތީ........މީހުން މަރާމީހެއް......މިތަނުންދޭ.....މިތަނުންދޭ.......މަންމާ އޭނަ މިތަނުން ނެރޭ.....އޭނަ އަހަންނާ ދިމާއަށް ލޯވެސް އެބައަޅާ....." ސާރާ ބަލަމުން ދިޔައީ ހުސް ފާރާ ދިމާއަށެވެ. އެތާ ތިބި އެހެން މީހުނަށް އެތަނުން އިތުރު މީހަކު ނުފެނުނަސް އޭނާއަށް އެފާރުތެރޭން އިކްލީލު އެބަ ފެނެއެވެ. މިފަހަރު އޭނާއަށް އިކުލީލު ފެންނަމުންދަނީ ނާމާން ސިފައިގައެވެ.
"ކާކުތަ؟ ދަރިފުޅަށް އެކަނި ފެންނަ މީހެއްގެ ވާހަކަތަ؟" ހުސްނާއާއި އިސްމާޢީލް މަނިކާއި ދެމީހުން އެކުއެކީގައިހެން ސާރާގެ ގައިގައި ހިފެހެއްޓިއެވެ. ސާރާ މަންމައާއި ބައްޕަ ފޮޅުވާލަން މަސައްކަތް ކުރަމުން ދިޔައީ މޮޔައަކު ފަދައިންނެވެ. އޭނާ އިނގިލިން އިޝާރާތްކުރީ އޭނާއަށް އިކްލީލު ފެންމަންދިޔަ ފާރާ ދިމާއަށެވެ. އިކްލީލު ފާރުކައިރީހުރެ އޭނާއަށް ހަނާއަޅަނީއެވެ. ސާރާ ކަޅިޖަހާވެސްނުލައެވެ.
"އަޅެ.....މަންމާ އޭނާ މިތަނުން ނެރޭ....އެހެންނޫނީ އަހަރެން މިތާކު ނޯންނާނެ." ސާރާ އެދުން ތެދުވިއެވެ.
"މަންމަމެނަށް ތިބުނާ މީހަކު ނުފެނެއޭ ދަރިފުޅާ....އިހަށް އޮށޯވޭ ދަރިފުޅާ...." ހުސްނާ ސާރާގެ ދެކޮނޑުގައި ހިފައި އެނދުމައްޗަށް ތިރިކުރުވިއެވެ.
"ނޫން.....މަންމާ.....އޭނާ އެހުރީއޭ ފާރުކައިރީގައި.......ބިރުގަނޭ އަހަރެން." ސާރާ އަނެއްކާވެސް ތެދުވެއްޖެއެވެ. މިފަހަރު ހުސްނާ އަޅާނުލާހުރީ ސާރާގެ ހަރަކާތްތަކަށް ބަލާށެވެ. ސާރާ ތެދުވެގެން ދުއްވައިގަތީ ހޮސްޕިޓަލުން ނުކުންނާށެވެ. އެވަގުތު އެތަނުން ބަޔަކު އޭނާ ހިފެހެއްޓޭތޯވެސް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެވަގުތު ސާރާއަށް ލިބިފައިވަނީ އާދަޔާޚިލާފު ބާރެކެވެ. އެހެންކަމުން، އެތަނުން އެކަކަށްވެސް އޭނާ ހިފެހެއްޓޭފަދަ ބާރެއް ނުލިބުނެވެ.
ހޮސްޕިޓަލުގެ ނިވަތްދަށާއި ހަމަޔަށް އައިސް ސާރާ ކޮންމެވެސް ވަރަކަށް މަޑުޖެހިލިވެސްމެއެވެ. ނަމަވެސް ވަށައިގެން އެނބުރިލެވުމާއެކު އޭނާއާ ދާދި ގާތުގައި އިކްލީލު ހުއްޓާ ފެނުމުން އޭނާ އަނެއްކާވެސް ދުއްވައިގެންފިއެވެ. މޮޔައަކު ފަދައިން ރޮމުން ހަޅޭއްލަވަމުންނެވެ.
"އަހަރެންގެ ފަހަތުން ނާދޭ.....އަހަރެންގެ ފަހަތުން ނާދޭ....." ސާރާ ރޮމުން ދުވަމުން ދިޔައީ ހޮސްޕިޓަލާ ދާދި ކައިރީ ހުރި އޭނާގެ ގެއާ ދިމާއަށެވެ. އޭނާ ދުވަމުންދާއިރު ވަށައިގެންވެސް ފެންނަނީ އިކްލީލެވެ. ބިރުވެރި ސިފައިގައެވެ. ސާރާ ހުއްޓުވުމަށްޓަކައި އޭނާގެ ބައްޕައާއި މަންމަވެސް އޭނާގެ ފަހަތުން ދުވަމުން ދިޔައެވެ.
ދުވަމުން ދުވަމުން ގޮސް ސާރާ ގޮސްވަނީ އޭނާގެ ގެއަށެވެ. ގެއަށް ވަދެވުމާއެކު ސާރާގެ ބުއްދި އެއްކޮށް ފިލައިގެންދިޔަ ކަހަލައެވެ. ދެން އޭނާ ދައްކަންފެށީ ހަމަޖެހޭ ވާހަކަތަކެއް ނޫނެވެ.
"އަހަރެންގެ ދަރިފުޅު ގެންދަނީ......ގެންދަނީ......" ސާރާ އޭނާގެ އަތުގައިވާ ނާރަކަށް އިޝާރާތް ކޮށްފައި މޮޔަގޮވަން ފެށިއެވެ. އޭނާގެ ބައްޕަ އިސްމާޢީލް މަނިކު ފަހަތުން އައިސް އޭނާ ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ފުރަތަމަ ފަހަރު ސާރާ އައިސްފައިވާ އާދަޔާ ޚިލާފު ބާރުގައި އޭނާ އިސްމާޢީލް މަނިކު ފޮޅުވާލިއެވެ. އެބާރުމިނުގައި އިސްމާޢީލް މަނިކު އަނގަވަތަށް ވެއްޓުނެވެ. އޭރު ހުސްނާއަށް ބާރުބާރަށް ރޮވެނީއެވެ.
"އެކަކުވެސް އަހަރެންގެ ގައިގަ އަތްނުލާތި. އެހުއްދަ އޮންނާނީ އަހަރެންގެ ފިރިމީހާއަށް އެކަނި.....އަހަރެން ބޭނުމީ އޭނާއާއެކު ދާން....." ސާރާގެ ބޮލަށް އެނބުރުން އަރަން ފެށީ އެހާ ހިސާބުންނެވެ. އިސްމާޢީލް މަނިކު ސާރާ ދެއަތްދަނޑިމައްޗަށް އުފުއްލައިގެންގޮސް އެނދުގައި ބާއްވާލިއެވެ.
"އިސްމާޢީލް.....ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި ފަންޑިތައެއް ހައްދަން އަހަންނަށް ފެންނަނީ؟ އެވަގުތު އެގޭގައި ހުރި އިސްމާޢީލް މަނިކުގެ ރަޙުމަތްތެރިއެއް ކަމުގައިވާ ވާހިދު ލަފާދިނެވެ.
"ރަނގަޅު....ފަންޑިތަވެރިއަކު ނެތްތަ؟ ވާހިދު ދަންނަ." އިސްމާއީލް މަނިކު އެއްސެވެ. ވާހިދު ވިސްނާލިއެވެ.
"އާނ.....ހެންވޭރުކޮޅު ގެއެއްގައި އުޅޭނެ ވަރަށްމޮޅު މީހެއް......އާންމުކޮށް މީހުން ކިޔާއުޅެނީ ފަރީދުބެ...." ވާހިދު ބުންޏެވެ.
"ނިކަން އަވަހަށް ކާރުގައި ގޮސް ފަރީދުބޭ ގޮވައިގެން އަންނަންވީނު......" އިސްމާއީލް މަނިކު ވާހިދު ގާތު އެދުނެވެ. އާއެކޭ ބުނެފައި ވާހިދު ހިނގައިގަތެވެ. އޭރު ހުސްނާ ރޮއިރޮއިފައި ސާރާއަށް ގޮވަމުން ދަނީއެވެ.
އިސްމާޢީލް މަނިކުވެސް އައިސް ސާރާއަށް ގޮވަން ފަށައިފިއެވެ. އެމީހުން ސާރާއަށް ގޮވާތާ އިރުކޮޅެއްފަހުން ސާރާ ލޯ ހުޅުވާލިއެވެ. ހީވީ އޭނާގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުރި މީހަކު އޭނާގެ ގައިން ދޫކޮށްލާފައި ދިޔައީހެނެވެ. ލޯހުޅުވި ގޮތަށް ސާރާ އޮތީ ސީލިންގއާ ދިމާއަށް ނަޒަރު ހުއްޓައިގެންނެވެ.
"ދަރިފުޅާ....." ހުސްނާ ރޮމުން ސާރާގެ ބޮލުގައި ފިރުމާލިއެވެ. އެއިރުވެސް ސާރާ އޮތީ އެނބުރެމުންދާ ސީލިންގފަންކާ އާ ދިމާއަށް ނަޒަރު ހުއްޓައިގެންނެވެ. އޭނާއަށް މަންމައާއި ބައްޕަގެ ރުއިމާއި ގޮވުމުގެ އަޑުވެސް ނީވޭހަކަލައެވެ. އޭނާ ހީވަނީ ގަނޑުވެފައި އޮތްހެނެވެ.
"އިސްމާޢީލް، ވާހިދު ދިޔައީ އެބުނާ ފަރީދުބެއަކު ހޯދަންތަ؟" ހުސްނާ ކެތްތެރިކަން ކުޑަވެފައިވާ ރާގެއްގައި އެހިއެވެ. އިސްމާއީލް މަނިކު ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި ސާރާގެ ގާތުގައި (އެނދުގެ މަގަތު) އިށީނދެއްޖެއެވެ.
ވާހިދު ކާރު އޭގެ ބާރުދުވެލީގައި ގޮސް މަޑުކުރީ ސީދާ ފަރީދުބޭ ގޭގެ ދޮރުމައްޗަށެވެ. ނަމަވެސް އެގޭ ދޮރުމައްޗަށް މީހުން ފުނިޖެހިފައި ވުމުގެ ސަބަބުން ކާރު ޕާކު ކުރަން އޭނާއަށް ޖެހުނީ ކުރިމަތީގައި އޮތް ގޯޅީގައެވެ. ކާރުން ފައިބައިގެން އައިސް އެގޭ ދޮރުމައްޗަށް އާދެވުނުއިރުވެސް އެގޭގައި މާމީހުން ގިނަވެގެން އުޅެނީ ކީއްވެގެން ކަމެއް އޭނާއަކަށް ނުވިސްނެއެވެ. އޭނާ ހީކުރިއެވެ. ހައްތަހާވެސް އެއީ ފަރީދުބޭ ލައްވާ ފަންޑިތަ ހައްދަން އައިސްއުޅޭ މީހުންނެވެ. ނަމަވެސް ކަންތައްވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އެގޭތެރެއަށާއި މަގުމައްޗަށް އެއްވެފައިވާ ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދަނީ ހިތާމައާއި ކަރުނައިގެ އަސަރެވެ. އެގޭ މެދުގޭތެރޭހުރި މޭޒެއްގެ މަތީގައި ލެއިން ކަޅިވެފައިވާ މީހަކު އޮތެވެ. އެމޭޒާ ދާދި ކައިރީގައިވެސް އެއްބަޔަކު ރޮއިރޮއި ތިއްބެވެ. ވާހިދު އެތެރެއަށް ބޯދިއްކޮށްލިއެވެ. ހަމައެއާއެކު ވާހިދުގެ ލޯ ހައިރާންކަމާއެކު ބޮޑުވެއްޖެއެވެ.
"އިންނާ ލިއްލާލި ވައިންނާ އިލައިހި ރާޖިޢޫން" ވާހިދަށް ހިތާހިތާ ކިޔާލެވުނެވެ. އެދިގު މޭޒުމަތީގައި އެއޮތީ ލެއިން ކަޅިވެފައިވާ ފަރީދުބޭގެ ގަބުރެވެ. އޭރު ސިފައިންވެސް އެގޭތެރޭގައި ހަރަކާތްތެރިވަމުން ދެއެވެ. ފަރީދުބޭގެ މަރާ ބެހޭގޮތުން އެކިމީސްމީހުން އެވަގުތު ދައްކަމުންދިޔަ ތޯތޯ ވާހަކަތައްވެސް ވާހިދަށް އަޑު އިވުނެވެ. އެހުރިހާ އަޑުތައް އަހަން ހުރެފައި އޭނާ އެގެއަށް އައި މަޤުޞަދު ހަނދާން ވުމުން އޭނާ އަވަސް އަވަހަށް ހިނގައިގަނެއްޖެއެވެ.
ކާރާ ހަމަޔަށް ދެވުނުއިރުވެސް ފަރީދުބޭގެ މަރާ ގުޅޭގޮތުން އޭނާގެ ހިތުގައި އުފެދެމުން އައި ސުވާލުތަކަށް ޖަވާބެއް ނުލިބެއެވެ.
"އިންސާނަކު އިންސާނަކަށް އެފަދަ ބޮޑު އަނިޔާއެއް ކޮށް މަރާލަފާނެބާ؟" ކާރު ދުއްވާލަމުން ވާހިދަށް ބުނެލެވުނެވެ.
އޭރު އިސްމާއީލް މަނިކާއި ހުސްނާ ތިބީ ވާހިދު ލަސްވެގެން އޭނާގެ އިންތިޒާރުގައެވެ.
"ކޮބާ ފަރީދުބޭ.....؟" ވާހިދު އައިސް ވަނުމާއެކު އިސްމާއީލް މަނިކު އެއްސެވެ. ބޯހޫރާލުމަށްފަހު ވާހިދު ކިޔާދިނެވެ.
"ނާ.....ހަމަތެދެއް.......ރާއްޖޭގައިވެސް ރަޙުމްކުޑަ އިންސާނުންވެސް އެބައުޅޭތާ." އިސްމާއީލް މަނިކަށް ބުނެލެވުނެވެ.
"ފަރީދުބޭގެ ސިފަވެސް ވަކިކުރެވެނީ ކިރިޔާ." ވާހިދު އިތުރަށް އޮޅުންފިލުވައިދިނެވެ. އޭރު ސާރާ އަށް އޮތީ ނިދިފައެވެ.
"ވާހިދު އެމަންޖެ ހޭލުމުގެ ކުރިން ފަންޑިތަ ހަދާ އެހެން މީހަކު ހޯދަދީބަލަ....އަހަންނަށްވެސް ބޮޑަށް ބުރަވެވެނީ ފަންޑިތައެއް ހައްދަން...." އިސްމާއީލް މަނިކު ބުންޏެވެ. އެބައަންނަމޭ ބުނެފައި ވާހިދު އަނެއްކާވެސް ނުކުތީ މީހަކު ހޯދުމުގެ ގަސްދުގައެވެ.
"އައްސަލާމް ޢަލައިކުމް......" ސަލާމް ގޮވުމަށްފަހު އެވަގުތު އެގެއަށްވަނީ ސާރާގެ ރަޙްމަތްތެރިޔާ ނާޒިޔާއެވެ. ނާޒިޔާ އައީ ސާރާގެ ބަލިހާލު ފޯނުކޮށްފައި ހުސްނާ ކިޔާދިނީމައެވެ.
"ވަޢަލައިކުމުސް ސަލާމް..... އަހަނ އެކޮއި ސާރާއަށް އޮތީ ނިދިފައި." ނާޒިޔާ ވަނުމާއެކު ހުސްނާ ބުންޏެވެ. ނާޒިޔާ ވަދެގެން ދިޔައީ ސާރާ އޮތް ކޮޓަރިއާ ދިމާއަށެވެ. ނާޒިޔާގެ ފަހަތުން ހުސްނާވެސް ހިނގައިގަތެވެ.
"ނިދިފައި އޮތިއްޔާ ނުގޮވައްޗޭ....." ނާޒިޔާގެ ފަހަތުން ދަމުން ހުސްނާ އެދުނެވެ. ނާޒިޔާ ބޮލުގެ އިޝާރާތުން އާއެކޭ ބުންޏެވެ. ނާޒިޔާ ސާރާ ކޮޓަރި ދޮރާ ހަމަޔަށްގޮސް ހުއްޓުނެވެ. އެއަށްފަހު އޭނާ ބަލާލީ ފަހަތުން އައިސް ހުއްޓުނު ހުސްނާ އާ ދިމާއަށެވެ. ހުސްނާވެސް ހުރީ ކޮޓަރިތެރެއިން ފެންނަމުންދާ މަންޒަރަށް ނަޒަރު ހުއްޓައިގެންނެވެ.
ސާރާ ކޮޓަރި ކުޑަދޮރު ކައިރީ ހުއްޓިހުރެ ކޮންމެވެސް މީހަކާ ވާހަކަ ދައްކަނީއެވެ. ނާޒިޔާމެނަށް އިވެނީ ހަމައެކަނި ސާރާ ދައްކާ ވާހަކަތަކުގެ އަޑެވެ.
"ކޮބާތަ އަހަރެންގެ ދަރިފުޅު؟ ކީއްވެތަ އަހަރެންގެ ދަރިފުޅު އަހަންނަށް ފޮރުވައިގެން ތިއުޅެނީ؟" ސާރާ އެމީހަކާ މުޚާޠަބު ކުރި އަޑު އިވުނެވެ. ނާޒިޔާއާއި ހުސްނާ އެތެރެއަށް ވަނެވެ. ހަމައެއާއެކު ހުސްނާމެން އެތެރެއަށް ވަންކަން ސާރާއަށް އެނގުނެވެ. އޭނާ އަވަސް އަވަހަށް ނާޒިޔާމެނާ ދިމާއަށް އެނބުރިއްޖެއެވެ.
"ސާރާ.....ކާކާތަ ސާރާ ވާހަކަ ދިޔަދެއްކީ؟" ނާޒިޔާ ސާރާއާ އަރާ ހަމަކުރަމުން އެއްސެވެ. ނަމަވެސް ސާރާ އަނގަޔަކުންވެސް ނުބުންޏެވެ. އޭނާ އިސްއޮބައިގެން އައިސް އެނދުގައި އިށީނދެއްޖެއެވެ.
"ދަރިފުޅާ.....ދަރިފުޅު ގާތުގައި ތިހުރީ ދަރިފުޅުގެ ރަޙްމަތްތެރިޔާ ނާޒިޔާއޭ.....ނާޒިޔާއާ ވާހަކަ ދައްކަބަލަ....." ހުސްނާވެސް ސާރާގެ ގާތުގައި އިށީނެވެ.
"އާނ.....އެނގޭ.....ތިއީ ހުސްނާއެއްނު ......ދެން މިހުރީ ހުސްނާގެ މަންމަ ނާޒިޔާ....." ސާރާ ދެލޯ ބޮޑުކޮށްގެން ނާޒިޔާއަށް ބަލަން ހުރެފައި ބުންޏެވެ. ވަގުތުން ހުސްނާ ފެންކަޅިވެއްޖެއެވެ.
"ސާރާ.....ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ؟" ނާޒިޔާގެ ލޮލުންވެސް ކަރުނަ ހިލެން ފަށައިފިއެވެ.
********************
* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 45 އިން 48 ށެވެ.

ކިޔުންތެރިންގެ ހިޔާލު