ލިސްޓްގައިވާ ނަންތަކުގެ ތެރެއިން މީސްމީޑިއާގައި ދައުރުކުރާ ބައެއް ފަރާތްތައް (ނޯޓް: ފޮޓޯތައް ބޭނުންކޮށްފައި އެވަނީ އެއީ ޚިޔާނާތުގައި ބައިވެރިވާ ބޭފުޅުންކަމަށް މިނޫހުން ނިންމައިގެނެއްނޫނެވެ.)
ލިސްޓްގައިވާ ނަންތަކުގެ ތެރެއިން މީސްމީޑިއާގައި ދައުރުކުރާ ބައެއް ފަރާތްތައް (ނޯޓް: ފޮޓޯތައް ބޭނުންކޮށްފައި އެވަނީ އެއީ ޚިޔާނާތުގައި ބައިވެރިވާ ބޭފުޅުންކަމަށް މިނޫހުން ނިންމައިގެނެއްނޫނެވެ.)
އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުން 12 ކުންފުންޏެއް އުނިކޮށްފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އައްސަދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އައްސަދު ސޮއިކުރަށްވައި ރައްޔިތުންގެ މަޖިލީހުގެ ހެންހޭރު ދެކުނު ދާއިރާގެ މެންބަރު އަނދުން ހުސެއިންގެ ސިރިއަސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީގައިވެސް ވަނީ، ތަހުގީގަށް ހުށަހަޅާފައިވާ ލިޔުންތަކާއި، އެސްއޯއެފުން ޑޮލަރު ވިޔަފާރި ކޮށްފައިވާ ގޮތަށް ބަލާއިރު، އެފައިސާ އަކީ ޑޮލަރު ގަތުމުގެ މުއާމަލާތްތަކެއްގެ ތެރެއިން ސިރިއަސް އެންޓަޕްރައިސަސްއަށް ލިބުނު ފައިސާކަމަށް ބެލިދާނެ އެކަށީގެންވާ ސަބަބުތައް ހުރިކަމަށް ތަހުގީގަށް ގަބޫލުކުރެވޭތީ މިވަގުތަށް އެކުންފުންޏާއި ދެކޮޅަށް ކުރާނެ ތުހުމަތެއް ނެތްކަމަށް ބުނެފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު އެކިއެކި ކުންފުނިތަކުގެ ލިސްޓު އާއްމުވެފައިވާއިރު ސިރިއަސް އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑަށް އެސްއޯއެފުން 105،000 ޑޮލަރު ވަނީ ޖަމާކޮށްފައެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އައްސަދު މިއަދު ވިދާޅުވީ، ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަހްގީގު ކޮވިޑް-19 އާ ގުޅިގެން މަޑުޖެހިފައިވާ ކަމަށެވެ. އައްސަދު ވިދާޅުވީ، މަޖިލީހަށް ފޮނުވި ލިސްޓަށް މިހާރު ބައެއް ބަދަލުތައް އައިސްފައިވާކަމަށާއި އެގޮތުން 12 ކުންފުންޏެއް މިހާރު ވާނީ ލިސްޓުން އުނިކޮށްފައިކަމަށެވެ. އެގޮތުން ޑޮލަރު މާރު ކުރުންފަދަ މުޢާމަލާތްތައް ހިންގާފައިވާ ކުންފުނިތައް މިހާރު ލިސްޓުން އުނިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަޖިލީހަށް ފޮނުވި ލިސްޓްގައި ހިމެނޭ ވަކިވަކި ފަރުދުންގެ އަދަދަށް ބަދަލު ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑުޚިޔާނާތުގެ ލިސްޓުން 12 ކުންފުންޏެއްގެނަން އުނިކުރި ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނި ނަމަވެސް އެ ކުންފުނި ތަކުގެ ނަންތައް ހާމަކޮށްފައެއް ނުވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ މެއިމަހު މަޖިލީހަށް ފޮނުވި ބޮޑުހިޔާނާތުން ފައިސާ ލިބުނު މީހުންގެ ލިސްޓްގައި 281 ނަމެއް އޮތެވެ. ނަމަވެސް މަޖިލީހުން އެ ލިސްޓް ޢާއްމުކުރުމާ ގުޅިގެން އެލިސްޓުގައި ނަންއޮތް ގިނަ ފަރާތްތަކަކުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން 119 މީހުންނަކީ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުންކަމަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓް ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނެރުނު ރިޕޯޓްގައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުން މައްސަލާގައި ދަޢުވާކުރެވޭ ވަރަށް ހެކި ލިބިފައިވާކަމަށް ބުނެ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފްގެ މައްޗަށް ދަޢުވާކުރުމަށް މިހާރުވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އެސް.އޯ.އެފްގެ ޗެކަކުން އަޙްމަދު މަޚުލޫފުގެ އެކައުންޓަށް 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގެން އޮތްކަމަށް އޭސީސީން ބުނެފައި ވެއެވެ. އެކަމާ ގުޅިގެން މަޙްލޫފް މިހާރުވަނީ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ތުނިޔަ

27-Jun-2021

ތިހިޔާނާތުގައި ޔާމީނު ފިޔަވާ އިތުރު މީހަކު މިސަރުކާރުން ހައްޔަރުކޮށް ޖަލަށްލެވޭނެކަމަކަށްގަބޫލެެއްނުކުރެވެ



ޓްރެންޑިން