ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ވ). ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ ބުންޑެސްޓާގްގެ ރައީސް މރ. ވުއަލްފްގަންގް ޝުއައިބުލަ (ކ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ވ). ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ ބުންޑެސްޓާގްގެ ރައީސް މރ. ވުއަލްފްގަންގް ޝުއައިބުލަ (ކ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ބުންޑެސްޓާގްގެ ރައީސް މރ. ވުއަލްފްގަންގް ޝުއައިބުލައާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ޖަރުމަނުވިލާތުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. މީގެ އިތުރުން، ޖަރުމަނުވިލާތުގެ އިންސްޓިޓިއުޓެއް ކަމަށްވާ މެކްސް ޕްލޭންކް ފައުންޑޭޝަން ފޯރ އިންޓަރނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ތަމްރީނު ޕްރޮގްރާމްތައް ފާހަގަކުރައްވައި މަޖިލީހުގެ ރައީސް އެކަމަށް ޝުކުރު އަދާކުރަށްވާފއި ވެއެވެ.

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޙަމާލާގެ ފަރުވާއަށް މިވަގުތު ޖަރުމަން ވިލާތުގައި ރައީސް ނަޝީދު ހުންނެވި އިރު މިއީ މިހާރު އެމަނިކުފާނު ރަސްމީ މަސައްކަތްޕުޅު ފެއްޓެވިކަން ދޭހަކޮށްދޭ ކަމެއް ކަމަށް ބެލެވެއެވެ. އެމަނިކުފާނުގެ ޙާލު ރަނގަޅުވަމުން އަންނަ ކަމަށް އެމަނިކުފާނުގެ ޢާއިލާއިން އިއްޔެ ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ރެދަން

27-Jun-2021

ތިކޮޅުގައި ހިއްޕަވަން އޮންނަވާ. މިގައުމަށް އާފާތް ޖައްސަން ނާދޭ



ޓްރެންޑިން