ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ސިޔާސީ މަންފާ ނުހޯދުމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން ގޮވާލައިފިއެވެ.
އިދިކޮޅު ޕީޕީއެމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޢަބްދުﷲ ޔާމީން ސިޔާސީ މަަސައްކަތްޕުޅު ކުރައްވަނީ ޕީޕީއެމާއި ޕީއެންސީއާ އެކުގައި ކަމަށެވެ. އަދި އެހެން އެއްވެސް ޕާޓީއަކާއި އަދި ސިޔާސީ ވަކިވަކި ބޭފުޅުންނާއެކު ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރައީސް ޔާމީނާއި، ސިޔާސީ އިސްފަރާތްތަކެއް ގުޅިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ޕީޕީއެމުން ބުނެފައިވަނީ، އިތުރު ސިޔާސީ ޕާޓީއެއް ހައްދަވައިގެން މަސައްކަތްޕުޅު ކުރެއްވުމުގެ ވިސްނުންފުޅު ރައީސް ޔާމީން ނުގެންގުޅުއްވާ ކަމަށެވެ.
ޕީޕީއެމްގެ ބަޔާނުގައި ވަނީ، ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކޮށްގެން ސިޔާސީ މަންފާ ހޯދަން ކުރާ އެއްވެސް މަސައްކަތެއްގައި ޕީޕީއެމާއި ޕީއެންސީގެ ސަޕޯޓަރުންނާއި މެންބަރުން ބައިވެރި ނުވުމަށް ގޮވާލާފައެވެ.

ނޫސް ބަޔާން
— Progressive Party of Maldives (@ProgressPartyMV) June 24, 2021
ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދުމަށް ތަފާތު ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ބައިވެރިނުވުމަށް އިލްތިމާސް ކުރަމެވެ. pic.twitter.com/XtQYBpivRK
ޕީޕީއެމްގެ ބަޔާނުގައި ވަނީ، ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކޮށްގެން ސިޔާސީ މަންފާ ހޯދަން ކުރާ އެއްވެސް މަސައްކަތެއްގައި ޕީޕީއެމާއި ޕީއެންސީގެ ސަޕޯޓަރުންނާއި މެންބަރުން ބައިވެރި ނުވުމަށް ގޮވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު