ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ރ. ކޮތައިފަރުގައި ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުން ދާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
އެޗްއީއޯސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އިއްޔެ ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވީ 266 މީހުންގެ ތެރެއިން 112 މީހުންނަކީ ކޮތައިފަރުން ޕޮސިޓިވްވެފައިވާ މީހުން ކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހިގެން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 31 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 5،264 ސާމްޕަލް ނަގާފައިވާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 68،197 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 209 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު