އެމްޑީޕީގެ ފިކުރު މިޤައުމުން ނުފޮހެވޭނެ ކަަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ, އެޕާޓީން ބުނެފި އެވެ.
މިއަދު ފާހަގަކުރަމުންދާ އެމް.ޑީ.ޕީ އަށް 16 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އެޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެމްޑީޕީއަށް 16 ވަނަ އަހަރު ފުރުން ފާހަގަކުރަން ޖެހިފައި މިވަނީ ޕާރޓީގެ އެންމެހައި މެމްބަރުންނަށާއި ޕާރޓީއަށް ތާޢީދުކުރާ އެންމެހައި ފަރާތްތަކަށް ނުހަނަ ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.
އެގޮތުން މިއީ ޕާރޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ޙަމަލާގައި، އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވެ، ޒަޙަމްކޮށްލާފައިވާ ވަގުތެއްކަމަށް ބަޔާނުގައި ވެއެވެ. އަދި މި ޓެރަރިސްޓް ޙަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ޙަމަލާއެއްގެ އިތުރަށް، ޕާރޓީގެ ފިކުރަށާއި ޕާރޓީ ބިނާވެފައިވާ އަސްލުތަކަށާއި ޕާރޓީގެ ނުގުޑާ އަޒުމަށާއި ހިތްވަރަށް ދިން ޙަމަލާއެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
"ނަމަވެސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ފަދައިން މި ފިކުރަކީ މި ޤައުމުން އަލުން ފޮހެލެވޭނޭ ފިކުރެއް ނޫނެވެ. އެމް.ޑީ.ޕީ. އަކީ ދިވެހިންނަށް ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ފަރުދީ މިނިވަންކަމާއި އިންސާނީ ޙައްޤުތަކާއި އިންސާފު ހޯދައިދިނުމުގެ މައްޗަށް ބިނާވެގެން ވަކާލާތުކުރާ ފިކުރެވެ. އަދި މިއީ ގިނަ ޕާރޓީ އެކުލެވޭ ޑިމޮކްރެސީގެ ޙަޔާތް ދިވެހިރާއްޖޭގައި ފެށުމުގެ އަސްލެވެ. މި ޕާރޓީން ދިވެހިންނަށް ހޯދައިދީފައިވާ ކާމިޔާބީއާއި ކުރިއެރުންތަކުގެ ސަބަބުން ރައްޔިތުންގެ އުންމީދާ އެންމެ ބޮޑަށް ގުޅިފައިވަނީ މި ޕާރޓީ ކަމާމެދު ޝައްކެއް ނެތެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމް.ޑީ.ޕީ. ގެ އަޒުމާ، ހިތްވަރާއި ސާބިތުކަމަށް ގުޑުން ގެނައުމަށްޓަކައި ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއަށް ފަހު ވެސް، އިރާދަކުރެއްވިއްޔާ އެމަނިކުފާނާއި ޕާރޓީ އަބަދުވެސް ދެމި އޮންނާނީ ޕާރޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު