ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެޕާޓީގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިއަދު ކުރެއްވި ކުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް އަރިސްކުރާ ކަމަށެވެ. އެމްޑީޕީގެ އެންމެ އިސް ފަރާތުގެ ގޮތުގައި ހުންނެވި ރައީސް ޞާލިޙް ޕާޓީގެ އަހަރީ ދުވަހު މިފަދަ ލުއި ޓްވީޓެއް ކުރަށްވާފައިވާއިރު އެމަނިކުފާނާއި، ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ ދެމެދު ނުތަނަވަސްކަން ވަނީ އުފެދިފައެވެ.

އަދި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާގެ ތަޙްޤީޤު ލަސް ކަމަށް ބުނެ އެމްޑީޕީގެ އިސްބައެއް ބޭފުޅުންގެ ނުރުހުން ރައީސް ޞާލިޙަށް ވަނީ އަމާޒުވެފައެވެ. ރައީސް ޞާލިޙްގެ ޓްވީޓްގައި ރައީސް ނަޝީދުގެ ނަންފުޅުވެސް ގެންނަވާފައެއް ނުވެއެވެ. އަދި އެމްޑީޕީން މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙާއި، އެމްޑީޕީގެ ކެބިނެޓް މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.



އެމްޑީޕީއަކީ، ސިޔާސީ ޕާޓީތަކުގެ ނިޒާމް ރާއްޖެއަށް ތައާރަފު ވެގެން ފަހުގެ ތާރީޚްގައި ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީ ކުރެވިފައި ވަނީ 26 ޖޫން 2005 ގައެވެ.

އެމްޑީޕީ ވުޖޫދުވުމަށްފަހު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުން ދެފަހަރުގެ މަތިން ރާއްޖޭގެ ވެރިކަމަށް އިންތިހާބުވެފައި ވެއެވެ. އެގޮތުން 2008 ވަނަ އަހަރު ރައީސް ކަމަށް އެ ޕާޓީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކުރެވިފައިވާއިރު، 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވަނީ އިންތިހާބު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ހުސައިން

27-Jun-2021

ދިދަ ނެގުމުގެ ހަރަކާތުގަ ރައީސް އިބޫ އާ އެމްޑީޕީ މިނިސްޓަރުން ނެތީމަ ހާދަ ފަޅޭ.... އެމީހުން ބާކީކުރީތަ؟ 6/5 ޒޫމް މީޓިންތަކުގަވެސް އަގައިން ބުނާނެ ފުރުސްތު ރައީސް އިބޫ އާ އެމްޑީޕީ މިނިސްޓަރުންނައް ނުދެނީތަ؟ މިވާގޮތެއް ހަމަ ނުވިސްނިގެން އަހާލީ



ޓްރެންޑިން