ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ، 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީއަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ޙާޒިރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތެއް ލިބިވަޑައިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް އެ މަޢުލޫމާތު ޙިއްސާ ކުރެއްވި ކަމަށް، އިލްޔާސް ލަބީބް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މިނިސްޓަރ މާރިޔާވެސް ވަނީ އެކަން އެގޮތަށް ހިނގިކަމަށާއި، ނަމަވެސް އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމަށް އިލްޔާސަށް ދެންނެވި ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ އިންކުއަރީއަށް އިލްޔާސް ލަބީބު ޙާޟިރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އިލްޔާސް ލަބީބު މިއަދު ވިދާޅުވީ މަޖިލީހުގެ އިންކުއަރީއަށް އޭނާގެ ބަޔާން ދެއްވާފައިވާ ކަމަށާއި، އަދި އެކޮމެޓީގެ މަސައްކަތްތަކުން އެއްކައިރިވެ ވަޑައިގެންނެވި ކަމަށެވެ.



ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް މިހާތަނަށް ގިނަ ފަރާތްތަކެއް ވަނީ ހާޒިރުކޮށްފައެވެ. އޭގެ ތެރޭގައި ދައުލަތުގެ މިނިސްޓަރުންނާއި، ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި އޮފިސަރުންނާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

241 ކޮމިޓީން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ކޮމިޓީން ދާނެކަމަށާ، ކޮމިޓީއަށް ޙާޒިރުކުރަންޖެހޭކަމަށް ކޮމިޓީއަށް ފެންނަ ހުރިހާ އެންމެން ޙާޒިރުކޮށް ސުވާލު ކުރަމުން ގެންދާނެކަން ބުނެފައެވެ. އަދި 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް ކޮމިޓީގެ މުޤައްރިރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން