އިންތިޒާމްވެގެން ސިޔާސީ ޙަރަކާތްހިންގާ ދިވެހި މުއައްސަސާއަކީ އެމްޑީޕީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީގެ މެންބަރުންނަށް ތަހުނިޔާ ދަންނަވައި ރައީސް ނަޝީދު ވިދާޅުވީ، ޤައުމެއް ބިނާކޮށް ރައްޔިތެއްގެ ޢާއްމު ޙާލަތު ރަނގަޅުވުމުގެ އެންމެ މުހިންމު ތަރަހަ އަކީ އިންތިޒާމްވެގެން ހިންގާ ސުލްޙަވެރި ސިޔާސީ ޙަރަކާތް ކަމަށެވެ.
"މި ނިޒާމްގެ ދިވެހި މުއައްސަސާއަކީ އެމްޑީޕީ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު ސަރުކާރާއި އެމްޑީޕީގެ ލީޑަރޗިޕާއި ދެމެދު ބޮޑެތި ބައިބައިވުންތަކެއް އުފެދި އެ ޚިޔާލުތަފާތުވުންތައް ވަނީ ޢާއްމު މެމްބަރުންނާ ހަމައަށް ތިލަވެފައެވެ. އަދި މިއަދު އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ ލީޑަރުން ފޮނުއްވާފައިވާއިރު އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ނަންފުޅު ގެންނަވާފައިވެސް ނުވެއެވެ.
މިއަހަރުގެ މެއިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ އިތުރު ފަރުވާއަށް މިވަގުތު ޖަރުމަން ވިލާތުގައި ރައީސް ނަޝީދު ހުންނެވިއިރު، އަހަރީ ދުވަސް ޚާއްސަކޮށްފައި ވަނީވެސް ރައީސް ނަޝީދަށެވެ. އެގޮތުން އަހަރީ ދުވަހުގެ ޙަރަކާތްތަކުގައި އެކަމަށް ޚާއްސަ ކަޅާއި ރީނދުލުގެ ރިބަން ކޮޅެއް ދަނީ ބޭނުން ކުރަމުންނެވެ.

Qaumeh binaakoh, rahyatheh ge aanmu haalathu ragalhu vumuge enme muhinmu tharaha akee inthizaam vegen hingaa sulhaveri siyaasee harakaaiy. Mi nizaam ge Dhivehi muahsasaa akee MDP. Party enme membarunah ufaaveri aharee dhuvaheh pic.twitter.com/B9gBGLJtEv
— Mohamed Nasheed (@MohamedNasheed) June 26, 2021
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު ސަރުކާރާއި އެމްޑީޕީގެ ލީޑަރޗިޕާއި ދެމެދު ބޮޑެތި ބައިބައިވުންތަކެއް އުފެދި އެ ޚިޔާލުތަފާތުވުންތައް ވަނީ ޢާއްމު މެމްބަރުންނާ ހަމައަށް ތިލަވެފައެވެ. އަދި މިއަދު އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ ލީޑަރުން ފޮނުއްވާފައިވާއިރު އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ނަންފުޅު ގެންނަވާފައިވެސް ނުވެއެވެ.
މިއަހަރުގެ މެއިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ އިތުރު ފަރުވާއަށް މިވަގުތު ޖަރުމަން ވިލާތުގައި ރައީސް ނަޝީދު ހުންނެވިއިރު، އަހަރީ ދުވަސް ޚާއްސަކޮށްފައި ވަނީވެސް ރައީސް ނަޝީދަށެވެ. އެގޮތުން އަހަރީ ދުވަހުގެ ޙަރަކާތްތަކުގައި އެކަމަށް ޚާއްސަ ކަޅާއި ރީނދުލުގެ ރިބަން ކޮޅެއް ދަނީ ބޭނުން ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު