ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރާއްޖޭގައި ބިރަކާނުލާ ދިރިއުޅެވޭނެގޮތް މިއަދު ނެތެން ފަށައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކްލަބް ހައުސްގައި އެޕާޓީގެ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު މިރޭ ވިދާޅުވީ، މިއަދު ރާއްޖޭގައި ބިރަކާނުލާ ދިރިއުޅެވޭނެ ގޮތް ނެތެން ފަށައިފިކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދު ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި، ބިރަކާނުލާ ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގައި އުޅެވޭނެގޮތް ހޯދައި ދިނުމަކީ ބޭނުންތެރިކަމެއް ކަމަށެވެ. އެގޮތުން މާލޭ މެދުގައި ބޮމެއްގޮއްވާލައިގެން އެމަނިކުފާނު ހިމެނިވަޑައިގަންނަވާގޮތަށް ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ބޮންގޮއްވުމުގެ ހުނަރުވެރިކަން ހޯދައި، އެފަދަ ޢަމަލެއް ރާއްޖޭގައި ހިންގުމަކީ އައު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ސަލާމަތާ ރައްކާތެރިކަން ވަރަށް ބޮޑަށް ގެއްލިއްޖެ. ބިރަކާ ނުލާ ދިރިއުޅެވޭނެގޮތް ނެތެން ފަށައިފި. އަޅުގަނޑުދެކޭ ގޮތުގައި ޕާޓީއަށް 16 އަހަރު ވާއިރު މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އަލުން އަނބުރާ ހޯދައި ދިނުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިރޭ ވިދާޅުވީ ފްލެޓާއި، ގޯއްޗާއި އެހެނިހެންވެސް ޢުމްރާނީ ތަރައްޤީތައް ބޭނުންވާ ކަމަށާއި، ނަމަވެސް އޭގެ އިތުރުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. އަދި އެމަނިކްފާނުގެ އެތެރެހަށީގެ ގުނަވަންތައް ރަނގަޅު ކަމަށާއި، ނަމަވެސް ބޭރުފުށުގެ އެސެސަރީޒްގެ ކުޑަ މައްސަލައެއް އުޅޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ހަރުގެ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި 800 އެއްހާ މީހުން ވަނީ ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ކުރި

27-Jun-2021

މިހުރިހާކަމެއް މިދިމާވަނީ ނަޝީދު ނަފްރަތު އުފެދޭގޮތަށް ވާހަކަދައްކާތީ.


16

މާކަނާ

27-Jun-2021

މި ރާއްޖޭގައި ދީނައްފުރައްސާރަކޮށްފަ ބިރަކާ ނުލާ މަޖާނުކުރެވޭނެކަން އެނގެންވެއްޖެއެންނު.


4

ކާފު

27-Jun-2021

ބިރަކާ ނުލައި މަޖާނުކުރެވިގެން އުޅޭ މޯހެއް ތިޔައީ



ޓްރެންޑިން