ކޯވިޑް-19 އާ ގުޅިގެން ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތައް ބަންދުކޮށްފައިވާތީ ރެސްޓޯރެންޓު އެސޯސިއޭޝަނުން މުޒާހަރާ ކުރަން ނިންމައިފިއެވެ.
ރެސްޓޯރަންޓް އެސޯސިއޭޝަނުން ބުނީ "ކާންދޭ އަތުގައި ދަތް ނާޅާ" ގެ ނަމުގައި ކެފޭ ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުން ސުލްހަވެރި އަޑުއުފުލުމެއް މާދަމާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މާދަމާ ހަވީރު 4:00 ގައި ކާނިވާ ސްޓޭޖް ސަރަހައްދުގަައި ކުރިއަށް ގެންދާ މި މުޒާހަރާގައި އެ ސިނާއަތުގައި އުޅޭ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އެ ޖަމިއްޔާއިން ވަނީ ދަޢުވަތުދީފައެވެ.
ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކެފޭ ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުންބުއިމުގެ ހިދުމަތް ހޯދުން މެދުކަނޑާލުމުން އެކަމާ ދެކޮޅަށް މީގެ ކުރިން ވެސް ރެސްޓޯރެންޓްތަކުގެ އިސްވެރިން ވަނީ މުޒާހަރާ ކޮށްފައެވެ.
މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވުމާ ގުޅިގެން ކެފޭ ރެސްޓޯރެންޓުތަކުން މިހާރު ފޯރުކޮށްދެވެނީ ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެވެ.
ކެފޭ، ރެސްޓޯރެންޓްތަކަށް ލިބޭ ގެއްލުމާއި ގުޅިގެން ބަދަލެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް ބަދަލު ދިނުމަށް ތާއީދު ލިބިފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުން ވަނީ މި ގެއްލުންތަކުން އަރައިގަތުމަށް ޚާއްޞަ ލުއި ލޯނު ސްކީމެއް ތަޢާރަފުކޮށްފައެވެ. މާލޭގައި ހިންގާ ކެފޭ، ރެސްޓޯރަންޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާތްގަނޑަކަށް 99 އިންސައްތައަކީ ބިދޭސީން ކަމަށްވާތީ އެތަންތަނަށް ލިބޭ ގެއްލުމުގެ އަސަރު ވަކިވަކި ދިވެހީންނަށް ކުރާ މިންވަރު ކުޑަ ނަމަވެސް ގިނަ ބަޔަކު ޚިދުމަތް ހޯދާތީ އެތަންތަން ބަންދުކުރުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑަށް ދަތިވާކަން ފާހަގަކުރެވެއެވެ.

“Kaandhey Athuga Dhai Naalhaa”
— Restaurant Association of Maldives (@restaurantmv) June 26, 2021
namuga café restaurant thah hingaa faraaihthakun bavvaa sul’haveri adu ufulun,
28th June 2021 Monday 16:00 gai Carnival Stage sarahaddhuga onnaane, mi sinaa’athugai ulhuvvaa hurihaa beyfulhun mi sul’haveri evvemugai baiveri vumah dhauhvathu aruvan,
ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކެފޭ ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުންބުއިމުގެ ހިދުމަތް ހޯދުން މެދުކަނޑާލުމުން އެކަމާ ދެކޮޅަށް މީގެ ކުރިން ވެސް ރެސްޓޯރެންޓްތަކުގެ އިސްވެރިން ވަނީ މުޒާހަރާ ކޮށްފައެވެ.
މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވުމާ ގުޅިގެން ކެފޭ ރެސްޓޯރެންޓުތަކުން މިހާރު ފޯރުކޮށްދެވެނީ ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެވެ.
ކެފޭ، ރެސްޓޯރެންޓްތަކަށް ލިބޭ ގެއްލުމާއި ގުޅިގެން ބަދަލެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް ބަދަލު ދިނުމަށް ތާއީދު ލިބިފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުން ވަނީ މި ގެއްލުންތަކުން އަރައިގަތުމަށް ޚާއްޞަ ލުއި ލޯނު ސްކީމެއް ތަޢާރަފުކޮށްފައެވެ. މާލޭގައި ހިންގާ ކެފޭ، ރެސްޓޯރަންޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާތްގަނޑަކަށް 99 އިންސައްތައަކީ ބިދޭސީން ކަމަށްވާތީ އެތަންތަނަށް ލިބޭ ގެއްލުމުގެ އަސަރު ވަކިވަކި ދިވެހީންނަށް ކުރާ މިންވަރު ކުޑަ ނަމަވެސް ގިނަ ބަޔަކު ޚިދުމަތް ހޯދާތީ އެތަންތަން ބަންދުކުރުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑަށް ދަތިވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު