ރައީސް ނަޝީދުގެ ހަށިފާރަވެރިޔާ އިލްހާމް
ރައީސް ނަޝީދުގެ ހަށިފާރަވެރިޔާ އިލްހާމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަޖީދީ މަގުގައި ގޮއްވާލި ބޮމުން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވުމުގައި އެންމެ ބޮޑު މެދުވެރިއަކަށްވި އެމަނިކުފާނުގެ ބޮޑީގާޑް އިލްހާމް އާދަމް މާދަމާ ކަނދުރާގެ އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިއްޖެ އެވެ.

މެއި 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި ބޮމުގައި އިލްހާމްވެސް ޒަޚަމްވެފައި ވާއިރު އިލްހާމް ބުނެފައިވަނީ އޭނާގެ ކަނދުރާގެ ޑިސްކްތައް ހަލާކުވެފައިވާ ކަމަށާއި، އެހެންކަމުން އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ. އަދި މާދަމާ އެ އޮޕަރޭޝަން އައިޖީއެމްއެޗްގައި ކުރާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.



ރައީސް ނަޝީދަށް ދިން ޙަމަލާއަށް ފަހު، އެމަނިކްފާނުގެ ސެކިއުރިޓީ ބްރީޗްވީގޮތުގެ އިންކުއަރީއެއް މަޖިލީހުން ފަށާފައިވާއިރު އިލްހާމް ވަނީ އިންކުއަރީއަށް ޙާޟިރުވެ ބަޔާން ދެއްވާފައެވެ.

ޙަމަލާއަށްފަހު އިތުރުފަރުވާއަށް ރައީސް ނަޝީދު މިވަގުތު ހުންނެވީ ޖަރުމަން ވިލާތުގައެވެ. އެމަނިކުފާނުގެ ޢާއިލާއިން ވަނީ އިލްހާމް އެރޭ ކުރި ހިތްވަރަށް ވަރަށް ބޮޑަށް ތަޢުރީފްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން