ރާއްޖޭގައި ކުރިއަށް ގެންދިޔަ ވެކްސިން ޖެހުމުގެ ޙަރަކާތުގެ ތެރެއިން
ރާއްޖޭގައި ކުރިއަށް ގެންދިޔަ ވެކްސިން ޖެހުމުގެ ޙަރަކާތުގެ ތެރެއިން
ޖުލައި 20ގެ ކުރިން އެކްސްޓްރާޒެނެކާގެ އެކަށީގެންވާ އަދަދެއްގެ ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 38 ނުވަތަ 40 އިންސައްތަ ކަމަށާއި، 75 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކުރުމުން އިތުރު ކަރަންޓީނަކާ ނުލައި ދަތުރު ކުރުމުގެ ފުރުސަތު ދިނުމަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޖުލައި 20 ގެ ކުރިން އެކްސްޓްރާޒެނެކާގެ ވެކްސިން ރާއްޖެއަށް ލިބުމުން ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރު ކުރެވުމުން އެމަގަށް މަގުފަހި ކުރެވޭނެ ކަމަށެވެ. އެސްޓްރެޒެނިކާ ވެކްސިންގެ އިތުރުން ހަމަ އެ ފޯމިއުލާއަށް އިންޑިއާއިން އުފައްދާ ކޮވިޝީލްޑް ވެކްސިންގެ 200،000 ޑޯޒް ވެސް އަދި ނުލިބެ އެވެ. ފައިސާ ދައްކާފައިވާ އެ ވެކްސިން ނުލިބުމުގެ ސަބަބުން ރާއްޖޭގަިއ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ލައްކައަކަށްވުރެއް ގިނަ މީހުންނަށް ވަނީ ދެވަނަ ޑޯޒް ނުލިބިފަ އެވެ. ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ، ކޮވިޝީލްޑް ވެކްސިންގެ ކުރިން އެސްޓްރެޒެނިކާ ވެކްސިން ލިބިއްޖެ ނަމަ ދެވަނަ ޑޯޒްގެ ގޮތުގައި އެ ވެކްސިން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު ނަސީމު މިއަދު ވިދާޅުވީ ރަޝިއާގެ ސްޕަޓްނިކް ވެކްސިން ހޯދުމަށް ނަން ޑިސްކްލޯޒާ އެގްރިމެންޓުގައި ސޮއިކޮށްފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެގްރިމެންޓުގައި ހުރި ބައެއް ކަންތަކާ ގުޅިގެން ކުރަންޖެހޭ އިތުރު މަޝްވަރާތައް ކަމަށެވެ. އަދި ވަރަށް އަވަހަށް ޕާޗޭސް އެގްރިމެންޓުގައި ސޮއިކުރެވޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

އޭގެ އިތުރުން އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރަނީ ކޮން ކަހަލަ ވެކްސިނެއް ކަމެއް އަދި ނޭނގޭ ކަމަށާއި އެކަމާ މަޝްވަރާކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރަޝިޔާގެ ސްޕަޓްނިކް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދިނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން