ރާއްޖޭގެ އެއަރޕޯޓެއް
ރާއްޖޭގެ އެއަރޕޯޓެއް
އެއާޕޯޓުތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން އަތުން ޓެކްސްއާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު އެވެ. ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ އިގްތިޞާދީ ކޮމިޓީން ދިރާސާ ކުރުމަށްފަހު، މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ވަނީ ބަހުސްކޮށްފައެވެ. އަދި 43 މެންބަރުންގެ ވޯޓާއެކު އިގްތިޞާދީ ކޮމިޓީން ބިލް ފޮނުވިގޮތަށް ވަނީ ފާސްކޮށްފައެވެ. މި ބިލާ ދެކޮޅަށް ދެ މެންބަރަކު ވަނީ ވޯޓު ދީފައެވެ.

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން އަތުން ޓެކްސްއާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު އެވެ.ގާނޫނަށް އަލަށް ގެނައި އިސްލާހާއެކު ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނެގުމަށާއި ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު ނެގުމުގެ އިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނެގޭނެއެވެ. މި ބިލަށް ގެނައި އިސްލާހާއެކު އެއާޕޯޓް ސާވިސް ޗާޖުގެ ބަދަލުގައި ދެން ނަގާނީ ޑިޕާޗާ ޓެކުހެކެވެ.

މީގެ އިތުރުން އިކޮނޮމީ ކްލާހުން ރާއްޖެއިން ބޭރަށް ފުރާ ބިދޭސީންގެ އަތުން 30 ޑޮލަރު ނެގުމަށް ނިންމާފައިވާއިރު އިކޮނޮމީ ކްލާހުން ފުރާ ދިވެހިންގެ އަތުން ނަގާނީ ކުރިންވެސް ނަގަމުން އައި ގޮތަށް 12 ޑޮލަރެވެ.

މިހާރު އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި، ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަ އެވެ. މީގެ އިތުރުން އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަ އެވެ. އެގޮތުން މިހާރު ދިވެހިންގެ އަތުން ޖުމްލަ 24 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 50 ޑޮލަރު ނަގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން