ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ގާނޫނުލް އުގޫބާތަށް ހުށައެޅި އިސްލާހު ތަކުގެ ތެރެއިން އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުން ކުށަކަށް ހެދުމުގެ ބައި ބިލުން އުނިކޮށްފި އެވެ.

ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާއި ދެކޮޅު މީހަކު ކަމަށް ތުހުމަތުކޮށް ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާއި މެދު ނަފްރަތު އުފެއްދުމަކީ ނުވަތަ އާއްމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.

އެ ބިލް ދިރާސާކުރުމަށް މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އިސްލާމީ އަގީދާއާ ގުޅުވައިގެން މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުން ކުށަކަށް ހެދުމުގެ ބައި އުނިކުރަން ފެނިވަޑައިގަންނަވާ ކަމަށެެވެ. އެއީ އިސްލާމިކް މިނިސްޓްރީން ވެސް އެބައި އުނިކުރަން ހުށަހަޅާފައި ވާތީ ކަމަށް އިންތި ވިދާޅުވިއެވެ. އިންތިގެ އެ ހުށައެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މީހެއްގެ ނަސްލަށް، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ދެވޭ އަނިޔާއެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެކުށް ކުރާ މީހާއަށް އެންމެ ބޮޑުވެގެން 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށާއި، ހަމައެގޮތަށް ރަހީނުކޮށް ޖިސްމާނީ އަނިޔާއެއް ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް ދީގެން ނުވަތަ މީހެއްގެ ފުރާނަޔަށް ގެއްލުންދޭނެ ކަމުގެ ބިރުދައްކައިފި ކަމުގައި ވާނަމަ އެންމެ ބޮޑުވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް އެ ބިލުގައި ވަނީ ބުނެފައެވެ.

ހަމައެއާއެކު މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުމާއި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލައަށް ބަލާ އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލައަށް ބަލައި ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލައަށް ބަލައި އެމީހަކާއިމެދު ތަފާތު ކުރުމަށް ގޮވާލާ ނުވަތަ އެފަދަ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށްވެސް ބިލުގައި ވެއެވެ.

ކޮމިޓީން ނިންމާފައިވަނީ ބިލުގައި ހުރި ކުށްތަކަށް އަދަބު ކަނޑައެޅުމުގެ ބަޔަށް ދެން އޮންނަ ބައްދަލުވުމެއްގައި މަޝްވަރާ ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު


4

ކާފަ

09-Jul-2021

ހަގީގަތް ހާމަވީ .މި ބިލުގެ މައިގަނޑު ބޭނުމަކީ އިންޑިއާ ސިފައިން ނާ ދެކޮޅަސް ވާހަކަ ދެއްކުން ހުއްޓުވުމާއި އިންދިއާ ސިފައިން ބޭލުމައް ކުރާ މަސައްކަތުގައި އިންދިއާ މީހެއް ދިވެހިން ހައްޔަރު ކޮއްފާނެ ތީ އިންޑިއާ ސްޕޮންސަރ ކޮއްފައިވާ ބިލެއް މިއީ



ޓްރެންޑިން