ޑރ މުޙައްމަދު އިޔާޒް
ޑރ މުޙައްމަދު އިޔާޒް
ދަޢުލަތުގެ އިދާރާތަކުން ޑރ. އިޔާޒްގެ މައްސަލަ ބަލަމުންދާ ގޮތާމެދު ފާރަވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމައިފިއެވެ.

އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދޭ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށްބުނެ އިސްލާމިކް މިނިސްޓްރީއާއި ޑރ. އިޔާޒު ވަޒީފާ އަދާކުރަށްވާ ގައުމީ ޔުނިވަސިޓީން ވެސް ވަނީ އިޔާޒުގެ މައްސަލަ ބަލަންފަށާފައެވެ. މިއަދު ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ޑރ. ޢިޔާޒު ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެމައްސަލަ ބަލަމުންދާ ގޮތާމެދު ފާރަވެރިވުމަށެވެ.

މިމައްސަލަ ބެލުމަށް އެދި މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަޙުމަދު ނަސީމެވެ. މީކާއިލް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ، އަންހެނުން ޚިތާނުކުރުމުގެ ނަމުގައި ހިންގާ "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން"އަށް ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުޙައްމަދު އިޔާޒް ހިތްވަރު ދެއްވާފައިވާކަމަށެވެ. އަދި މިފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތްކުރެއްވުމަކީ ދިވެހިރާއްޖޭގައި އަންހެނުން ނުރައްކަލަށް ހުށަހެޅި، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސްއެޅޭނެ ކަމެއްކަމަށް މީކާއީލް ހުށައެޅުއްވި މައްސަލާގައި ވެއެވެ.

އަންހެންކުދިން ޚިތާނު ކުރުމަށް ހިތްވަރު ދެއްވިކަމަށް ބުނެ ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޑރ. އިޔާޒް ވިދާޅުވީ އިސްލާމް ދީނަކީ ހުރިހާ އިންސާނުންގެ ޙައްޤު ދެއްވި، އަދި އެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވާ ދީނެއްކަމަށެވެ. އަދި ލާދީނީ ފަރާތްތަކާއި، މުލްޙިދުން އަބަދުމެ ކުރަމުން އަންނަ މަސައްކަތަކީ އިސްލާމްދީނަކީ އަނިޔާވެރި ލާއިންސާނީ ދީނެއްގެ ގޮތުގައި ސިފަކޮށް މީހުން އިސްލާމްދީން މަތިން ފޫހިކުރުވާ އިސްލާމްދީނާމެދު ނަފްރަތާއި ޢަދާވާތްތެރިކަން އުފެއްދުމުގެ މަސައްކަތްކަމަށް އިޔާޒު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ފަރާތްތަކާމެދު ދިވެހި ރައްޔިތުންނާއި، ދީނީ ޢިލްމުވެރިން އިތުރަށް ސަމާލުވެ، މިފަދަ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ޑރ. އިޔާޒު ވަނީ ގޮވާލައްވާފައެވެ.

ޑރ. އިޔާޒު ވިދާޅުވީ އިސްލާމީ ޝަރީޢަތުގައި ވަކިކަމެއްގައި، ދީނީ ބޮޑެތި ޢިލްމުވެރިންނާއި، މަޒްހަބުތަކުގެ އިމާމުންނާ ހަވާލާދީ، ދެކޮޅު އޮތްކަން ބަޔާންކޮށްގެން އޭނާއަށް ނުވަތަ އެހެންފަރާތަކަށްވެސް އަދަބެއް ދެވިގެން ނުވާނެކަމަށެވެ. އަދި އެފަދަ ކޮންމެ އަދަބެއް ވާނީ ބޭއިންސާފުން ދެވޭ އަދަބަކަށްކަމަށާއި އަދި އެފަދަ އަދަބަކީ ޙައްޤު އަދަބެއްކަމަށް ބުނާނީ ކޮން ހަމަޔަކުންތޯ އިޔާޒު ސުވާލުކުރަށްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ދުރުމި

09-Jul-2021

އަންނިއާއި އީވާ އަދި ވައްޑެގެ ފަތުވާ



ޓްރެންޑިން