ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
އަންހެންކުދިން ހިތާނުކުރުން ހުއްޓުވުމަށް ބަންޑާރަނައިބު އޮފީހުން ކުރަމުންދާ މަސައްކަތްތައް ބެލުމަަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފިއެވެ.

އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް) އަށް ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. މުޙައްމަދު އިޔާޒު، ހިތްވަރު ދެއްވާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މައްސަލައާއި ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މީގެ ކުރިން ނިންމި ނިންމުން މުރާޖައާ ކުރުމަށް މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދުﷲ އިއްޔެ ވަނީ ގޮވާލައްވާފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށައެޅުއްވި މި މައްސަލައާއި ގުޅިގެން އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެފްޖީއެމާއި ގުޅިގެން އިސްލާމިކް މިިނިސްޓްރީއާއި، ފަތުވާ މަޖިލީހާއި، އެޗްއާރްސީއެމާއި ހެލްތު މިނިސްޓްރީއާއި، ދީނީ ޢިލްމުވެރިންގެ ޚިޔާލު ހޯދުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ އިއްޔެވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އީވާގެ މިކަންބޮޑުވުމާ ގުޅިގެން މިއަދު ބޭއްވި ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ނިންމުން މުރާޖާ ކުރުމަށްފަހު ނިންމާފައިވަނީ އަންހެން ކުދިން ހިތާނުކުރުމާއި ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާ މަސައްކަތްތައް ބެލުމަަށެވެ.

އިއްޔެ މަޖިލީހުގައި އީވާ ވިދާޅުވީ އަންހެނުން ޚިތާނުކުރުމާއި ގުޅޭ ގޮތުން އިތުރަށް ޚިޔާލު ހޯދުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މަޖިލީހުން މަސައްކަތް ކުރަން ޖެހޭނީ އަންހެނުން ޚިތާނުކުރުން ހުއްޓުވުމަށް މަސައްކަތް ކުރެވެމުންދާ މިންވަރު ދެނެގަނެ، އެކަން ހުއްޓުވުމަށް އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކަމަށް އީވާ ވިދާޅުވިއެވެ.

އަންހެނުން ހިތާނު ކުރުމާއި ގުޅޭގޮތުން ރާއްޖޭގެ އިލްމްވެރިންގެ މެދުގައި ބޮޑު ބަހުސެެއް ފެށި ޚިޔާލު ތަފާތުވުން ތަކެއް ވަނީ އުފެދިފައެވެ. ބައެއް އިލްމްވެރިން ގެންދަވަނީ އެކަމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ކަމަށް ވިދާޅުވެ ފަތުވާ ދެއްވަމުންނެވެ. އެހެން ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި އަދި ރާއްޖޭގެ ގިނަ އިލްމްވެރިންވަނީ އެއީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫން ކަމަށް ވިދާޅުވެފައެެވެ. އިސްލާމިކް މިނިސްޓްރީއިން މިހާރު ވަނީ އެކަމާ މެދު ރައުޔެއް ނެރެދިނުމަށް ފަތުވާ މަޖިލީހުގައި އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން