ޝައިޚް ޢަލީ ޒައިދު (ވ) އާއި ޑރ. އިޔާޒް (ކ)
ޝައިޚް ޢަލީ ޒައިދު (ވ) އާއި ޑރ. އިޔާޒް (ކ)
ވަޒީފާ ގެއްލިގެން ޑރ. އިޔާޒަށް ގުޑުންއަރާނެ ކަމަށް "ލާދީނީ މީހުން" ހީކުރާނަމަ އެއީ ކުށްހީއެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރެއްވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެމަގާމުން ވަކިކުރުމުން އޭނާގެ ގާތް ރަޙުމަތްތެރިޔާ ޝައިޚް ޢަލީ ޒައިދު މިރޭ ވިދާޅުވީ، ވަޒީފާ ގެއްލިގެން ޑރ. އިޔާޒަށް ގުޑުންއަރާނެ ކަމަށް ލާދީނީ މީހުން ހީކުރާނަމަ އެއީ ކުށްހީއެއް ކަމަށެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސްގެ މަޤާމުގައި ހުންނެވި ޑރ. އިޔާޒްގެ ދިފާޢުގައި ވާހަކަ ދައްކަވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، ޑރ. އިޔާޒް އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނެ ކަމަށާއި، ދެން މައްސައްކަތް ފަށްޓަވާނީ ދެގުނަ ބާރަށް ކަމަށެވެ.

އަދި "ޑރ. އިޔާޒަކީ އެއްވެސްއިރަކު ވަޒީފާގެ އަޅެއްނޫން" ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.



އަންހެނުން ހިތާނުކުރުމަށް ހިތްވަރު ދެއްވާ ކަމަށް ބުނެ ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވާއިރު، މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި ޑރ. އިޔާޒް އާއްމުކުރައްވާ ތަފާތު ލިޔުންތަކުން ޤައުމީ ޔުނިވަރސިޓީގެ ތަޞައްވުރު ކިލަނބުވާ ކަމަށްބުނެ އޭނާގެ މައްސަލަ އެ ޔުނިވަރސިޓީން ވަނީ ބަލައިފައެވެ. އެގޮތުން ލިޔުމުން ނަޞޭޙަތް ދިނުމަށްފަހު، އެމައްސަލައިގައި އެފަހަރު އޭނާ ވަނީ 14 ދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ.

ވަޒީފާއިން ވަކިކުރުމުން ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ މާތްﷲ އިރާދަފުޅުން ވަޒީފާއިން ވަކިކުރި ނަމަވެސް އޭނާއަށް ނިކަމެތި ކަމެއް ނުލިބޭނެ ކަމަށެވެ. މި ސަރުކާރު ވެރިކަމަށް ގެނައުމުގައި އެމްޑީޕީއާއެކު މަސައްކަތް ކުރި އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޑރ. އިޔާޒަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފުކުރަށްވައި މި ސަރުކާރުގެ ސިޔާސަތު ތަކަށް ވެސް ވަރަށް ބޮޑަށް ތާއީދު ކުރަށްވަމުން ގެންދެވި ބޭފުޅެކެވެ.

އިޔާޒްގެ މައްސަލަ ދަޢުލަތުގެ އިދާރާތަކުން ބަލަން ފެށުމުން އިޔާޒު ވިދާޅުވެފައިވަނީ އެއީ ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ. އޭގެ އިތުރުން އަންހެން ކުދިން ހިތާނު ކުރުމަކީ އޭނާ އެއްވެސް އިރަކު ހިތްވަރުދޭ ކަމެއް ނޫން ކަމަށާއި، އަންހެންކުދިން ހިތާނު ކުރުމަށް މީހަކު ކައިރީގައި ވެސް ވިދާޅުވެފައި ނުވާނެ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ. އިޔާޒް ވިދާޅުވީ އަންހެން ކުދިން ޚިތާނުކުރުމާމެދު އޭނާ ޢާއްމު ކުރެއްވީ ޢިލްމީ ދިރާސާއެއް ކަމަށެވެ. އަދި އެމައްސަަލަ ހޫނުވުމުން އޭނާ ވަނީ މަޢާފަށް ވެސް އެދިވަޑައިގެންފައެވެ.

ޑރ. އިޔާޒަކީ އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންނާއި އެޕާޓީގެ އިސް ބޭފުޅުން ވަރަށް ގަޔާނުވާ އަދި ފާޑުކިއުންތައް އަމާޒުކުރަމުންދާ ދީނީ ޢިލްމްވެރިއެކެވެ. ޑރ. ޢިޔާޒަކީ ވަރަށް ފާޅުގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށްވެސް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


13

ޢަލީ

09-Jul-2021

ކޮބާތޯ ތިކިޔާ ލާދީނީ މީހުންނަކީ



ޓްރެންޑިން