އެމްޑީޕީ މެއި 6 ކޮމިޓީ
އެމްޑީޕީ މެއި 6 ކޮމިޓީ
ރައީސް ނަޝީދު އަވަހާރަކޮށްލަން 3 މިލިއަން ރުފިޔާގެ ޓާސްކެއް ޙަވާލު ކުރިކަމަށް އެމްޑީޕީގެ "މެއި 6" ކޮމިޓީން ހާމަކޮށްފިއެވެ.

މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި "މެއި 6" ކޮމިޓީގެ މުޤައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައުލޫމާތު ސާފުކުރުމަށް ކޮމިޓީގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާ ބައްދަލު ކޮށްފައިވާ ކަމަށެވެ. އެގޮތުން އިލްޔާސަށް މެއި 3 ވަނަ ދުވަހުގެރޭ މީހަކު ގުޅައި ބައްދަލުކުރަން އެދުމުން އެމިހާ އާއި ބައްދަލު ކުރި ކަމަށާއި، އެ މީހާ ދިން މަޢުލޫމާތަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ތިން މިލިއަން ރުފިޔާގެ ޓާސްކެއް ބަޔަކާ ހަވާލުކޮށްފައިވާ ކަމުގެ މަޢުލޫމާތު ކަމަށެވެ. އަދި އޭރު ކުރިއަށްދަނީ އެޑްވާންސް ޕޭމެންޓްގެ ކަންކަން ކަމަށް އެމީހާ އިލްޔާސަށް މައުލޫމާތު ދިން ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ހަމަ އެރޭ އިލްޔާސް ވަނީ ރައީސް ނަޝީދާ ބައްދަލުކޮށް އެ މައުލޫމާތު ހިއްސާ ކޮށްފައި ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިރުޝާދާ އެއްގޮތަށް ޑިފެންސް މިނިސްޓަރަށް އިލްޔާސް ގުޅުއްވި ކަމަށާއި، އެރޭ އެކަމަނާ ފޯނަށް ޖަވާބު ނުދެއްވާ ކަމަށެވެ. ނަމަވެސް ޖެހިގެން އައި މެއި 04 ވަނަ ދުވަހު ހެނދުނު މިނިސްޓަރ އިލްޔާސަށް ގުޅުއްވި ކަމަށާއި، އެވަގުތު އެ ވާހަކަ އިލްޔާސް ހިއްސާ ކުރެއްވި ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން އެ ޙަމަލާގެ ތަހުޤީޤު ކުރިއަށްދާގޮތް ބެލުމަށް އެމްޑީޕީން އެކުލަވާލި "މެއި 6" ކޮމިޓީން ދަނީ ދަޢުލަތުގެ ގިނަ އިދާރާތަކަކާ ބައްދަލުކޮށް މަޢޫލޫމާތު ސާފު ކުރަމުންނެވެ. ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން މިރޭ އިރާކޮޅު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބިދޭސީއެއް ވެސް ޒަހަމްވެފައިވެ އެވެ. އެ ޙަމަލާ އަށްފަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަޑައިގެން އުޅުއްވަނީ ޖަރުމަން ވިލާތުގައެވެ.


ކިޔުންތެރިންގެ ހިޔާލު


15

ޓާކޫރުސިންގ

09-Jul-2021

ހުސް ރޯ ބުހުތާން ދޮގު



ޓްރެންޑިން