މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
ނޫސްވެރިން ދަނީ އެއްވެސް އަސްލެއްނެތް ތޯތޯ ވާހަކައާއި، ބުނިބުންޏަށް ވާހަކަތައް ލިޔަމުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރާއްޖޭގެ ނޫސްވެރިންނަށާއި، މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރޮޒައިނާގެ ޙަމަލާތައް ނޫސްވެރިންނަށް އަމާޒުކުރަށްވާފައި މިވަނީ އިންޑިއާއާ ދެކޮޅަށް ހަބަރުފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެދިފައިވަނިކޮށެވެ. އަދި އެފަދަ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް ރޮޒައިނާ އާދަމް މީޑިއާ ކައުންސިލްގައި އެދިވަޑައިގެންނެވި މައްސަލާގައިވެސް ނޫސްވެރިންގެ ނުރުހުން ވަނީ އޭނާއަށް އަމާޒުވެފައެވެ.

ރޮޒައިނާ މިއަދު ވިދާޅުވީ، މީޑިއާއަކީ ޑިމޮކްރަސީގެ ހަތަރުވަނަ ތަނބު ކަމުގައި ވާއިރު މީޑިއާއިން އަމަލު ކުރަން ވާނީ ވަރަށް ޒިންމާދާރު ކަމާއިއެކުގައި ކަމަށެވެ. އަދި މީޑިއާތަކަކީ ދޮގު ހަބަރު ފަތުރައި، ރައްޔިތުންނަށް ކަންކަން އޮޅުވައިލާ، ނަފްރަތު އުފައްދަން މަސައްކަތް ކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މީޑިއާގެ މިނިވަންކަމަށް ފުރިހަމައަށް ތާއީދު ކުރަން. އަދި އެއްވެސް ތެދު ހަބަރެއް ޖެހުމުގައި ހުރަހެއް އޮވެގެން ނުވާނެ ކަމަށް ގަބޫލު ކުރަން. ނަމަވެސް ތޯތޯ ވާހަކަ އާ ބުނީ ބުނީ ވާހަކަ، ކަމުގެ ދެކޮޅު ނުބަލައި ޖެހުމަކަށް ތާއީދެއް ނުކުރަން. މިކަމުން މުޖުތަމައު ހަލާކުވޭ." ރޮޒައިނާ ވިދާޅުވެފައި ވެއެވެ.



އިންޑިއާއާއި ދެކޮޅަށް ބައެއް ނޫސްތަކުން ދޮގު މަޢުލޫމާތު ފަތުރާކަމަށް ބުނެ އެފަދަ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް މީޑިއާ ކައުންސިލްގައި ރޮޒައިނާ އެދިވަޑައިގެންފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މަޝްވަރާ ކުރެއްވުމެއް ނެތިއެވެ. އެކަމާ ގުޅޭގޮތުން ރޮޒައިނާ ވިދާޅުވީ، މީޑިއާއަށް ހުރަސް އަޅަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ. ނަމަވެސް މީޑިއާތަކަކީ ޒިންމާދާރުކަމާއިއެކު ރައްޔިތުން އިތުބާރު ކުރާ ރަނގަޅު ބައެއްގެ ގޮތުގައި ބިނާކުރުމަށް މީޑިއާ ކައުންސިލަށް ދޭންޖެހޭ އެއްބާރުލުން މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީން ދޭނެ ކަމަށެވެ. އަދި އެކަން މީޑިއާ ކައުންސިލުން ކުރޭތޯވެސް ފާރަވެރިވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، ބުނިބުންޏަށް ޚަބަރު ލިޔާ ނޫސްވެރިންގެ ސަބަބުން މީޑިއާތަކަށް ހުތުރުނަން ލިބި ރައްޔިތުންގެ އިތުބާރު ގެއްލޭކަމަށެވެ. އަދި މިއީ ވަރަށް ދެރަ މައްސަލައެއް ކަމަށާއި މިކަން ހައްލު ކުރުމަށް ހުރިހާ މީޑިއާތަކުގެ އިސް ވެރިންނާއި ބްރޯޑްކާސްޓިންގް ކޮމިޝަން އަދި މީޑިއާ ކައުންސިލުންވެސް ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ ކަަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ރޮޒައިނާ ވިދާޅުވީ، ނޫސްވެރިންނަކީ އަހުލާގު ރަނގަޅު ޒިންމާދާރު ބަޔަކަށް ވުން ވަރަށް މުހިންމު ކަމަށެވެ. އަދި އެމީހުންނަކީ ބަސްމަގު ހުތުރު، މީހުންނަށް ބިރުދައްކާ ބަޔަކަށް ވުމުން އެއީ ނޫސްވެރިން ކަމުގައި ބަލައި ނުގަނެވޭކަމަށާއި ބައެއް މީހުންނަކީ ނޫސްވެރިންގެ ނަމުގައި ތިބެ ޕާޓީގެ އެކްޓިވިސްޓުންގެ ރޯލު އަދާކުރާ މީހުންކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

މިފަހަކަށް އައިސް، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާޢިއުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ޚާރިޖީ ވުޒާރާ އިންވެސް މިއަދު ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


12

ނ

09-Jul-2021

ރޮޒޭނާމިއޮއްހާދުވަހު ޕޯޓިއަމްތަކުގަދެއްކިހާވާހަކައަކީހިޔާލީފޮލާ. އަސްލެއްނެތްއަވާމެންދުރު . އަސްލެއްނެތްދޮގުވާހަކަފަތުރާއަދަބެއްސަދަބެއްނެތި އެއްވެސްއަޚްލާގެއްނެތި މީހުންނާމުޢާމަލާތުކުރާތަންޓީވީތަކުންފެންނަނީ. ތިކިޔާއިއްޒަތްތެރިކަމެއްނެތް މީހުންގެފަރާތުން . ރޮޒޭނާއުޅޭވައްތަރު ދަރިންނަށްފެނި އެކުދިންލަދުގަންނާނެދުވަހެއްވެސްއަދިއަންނާނެ . ބުހުތާންދޮގުފަތުރާބަޔަކު ހިޔާލަށްކަންކަން ރައްޔިތުންގެބޮލުގައަޅުވާބަޔަކު އަމިއްލައިއްޒަތްކޮޑުލައިގެން އެއާގެންސަލާމަތްނުވެގެންގެންއުޅޭބަޔަކު އެހެންމީހުންނަށް ނަސީހަތްގެނަމުގަވާހަކަދެއްކުންއިންތިހާއަށް ހުތުރު .



ޓްރެންޑިން