ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް ރޯގާ ބަލިމަޑުކަމާއި ގުޅިގެން މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަހަށް މިއަދު އިތުރުކޮށްފިއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ އަހަރުގެ މާރޗް މަހުގެ 12 ވަނަ ދުވަހު އެވެ. އެންމެ ފަހުން މިދިޔަ މަހު އިތުރު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުގެ ނިޔަލަށް ހަމަވާނެއެެވެ. މިއީ މިހާލަތުގެ މުއްދަތު ދިގުދަންމާލި 16 ވަނަ ފަހަރެވެ.
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުނު ގަރާރުގައި ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. ކޯވިޑް-19 ރާއްޖޭގައި ފެތުރުމުގެ ނުރައްކާ ފުޅާ ދާއިރާއެއްގައި އަދިވެސް އޮތް ކަން ގަރާރުގައި ފާހަގަކޮށް، އާންމު ރައްޔިތުންގެ ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތް ލަފާ ދެއްވާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް ރޯގާ ބަލިމަޑުކަމާއި ގުޅިގެން މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވާއިރު ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު