ސްޕެއިންގެ ޤައުމީ އެއަރލައިނަށް މަރުޙަބާ ކިއުމަށް މިއަދު ބޭއްވި ރަސްމިއްޔާތު
ސްޕެއިންގެ ޤައުމީ އެއަރލައިނަށް މަރުޙަބާ ކިއުމަށް މިއަދު ބޭއްވި ރަސްމިއްޔާތު
ސްޕެއިންގެ ޤައުމީ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

ސްޕެއިންގެ ޤައުމީ އެއަރލައިން އައިބީރިއާ އިން މިއަދު ރާއްޖެއަށް ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މިއަދު އައި\ފުރަތަމަ ފްލައިޓުން 218 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. އައިބީރިއާ އިން އޮގަސްޓް މަހުގެ ނިޔަލަށް ކޮންމެ ހަފުތާއަކު ތިން ދަތުރު މެޑްރިޑުން ވީއައިއޭއަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ހަފްތާއަކު ހޯމަ, ބުދަ އަދި ހުކުރު ދުވަހުއެވެ.

އައިބީރިއާ އާއި އެކު މިހާރު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޢަދަދު ވަނީ 32 އަށް އަރާފައެވެ. ސަރުކާރުން ލަފާކޮށްފައިވަނީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.



ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޢުލޫމާތު ހާމަކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 510،549 ފަތުރުވެރިންނެވެ. އެގޮތުން ޖެނުއަރީމަހު ރާއްޖެއަށް 92103 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ފެބްރުއަރީމަހު 96882 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އަދި މާރޗް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 109،585 ފަތުރުވެރިންނެވެ. އޭޕްރީލް މަހު 91200 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު މެއި މަހު 64،613 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އަދި މިދިޔަ ޖޫން މަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ، 56،166 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 738 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 154 ރިސޯޓަކާއި، 140 ސަފާރީގެ އިތުރުން 444 ހޮޓާ / ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 47570 ބެޑް ކެޕޭސިޓީއެވެ. އަދި ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 35640 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން