20 ވަނަ ބައި
................
"އޭތް......ހަނދާން ނެތިފައޭ އަދި މިހުންނަނީ.....އެއްކަލަ މަންޖެ އަދިވެސް އޯކޭ ވާގޮތެއް ނުވޭތަ؟" އަމީން ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ބުންޏެވެ. ފުރަތަމަ އަމީން ނުލަފާ ޒާތަކަށް ހީނގަތީއެވެ.
"އިރާދަކުރެއްވީތީ.......ވަރަށް ޕޮޒިޓިވް.....މީހަކާ އިނދެފަ ހުއްޓަސް އޭނަ ނަލައޭދޯ. ދެތިން ދުވަސްތެރޭ އޭނަގެ ޖަވާބުވެސް ލިބޭނެ...." ތޮއްޔިބު ހުރީ އިންތިހާއަށް އުފާވެފައެވެ.
"ތިބުނީ ރަނގަޅަށް.....އަޒުމާ އެއީ ފަތްމިންޏެއް. ރީތި ހުރިހާ ސިފަތަކެއްވެސް އޭނަގެ މިލްކުގައިވޭ....." އަމީންވެސް ތޮއްޔިބުގެ ހިތުގެ ބައިވެރިޔާއަށް ތަޢުރީފު ކުރިއެވެ. އެވަގުތު އެދިމާލުގައި ހުރި ފައިވާން ފިހާރައަކަށް ސާރާއާއި ފަޒީލާ ވަންތަން ތޮއްޔިބަށް ފެނިއްޖެއެވެ.
"އަމީން ނިކަން ބަލައިލަބަލަ އެފިހާރައަށް ވަންނަ ބަޔަކު...." ތޮއްޔިބު އަމީންގެ ކޮނޑުގައި ޖެހިގަތެވެ. ފިހާރައާ ދިމާއަށް ބަލައިލެވުނު ވަގުތު އަމީނަށްވެސް ސާރާ ފިހާރައަށް ވަންތަން ފެނުނެވެ.
"ހިނގާ އެތަނަށް ވަންނަން....." އަމީން ތަންކޮޅެއް ގާތުން ސާރާ ދެކި ވާހަކަ ދައްކާލުމަށް ބޭނުންވިއެވެ. ތޮއްޔިބުވެސް އަމީންގެ އެ އެދުމަށް އިޖާބަ ދިނުމުގެ ގޮތުން ފިހާރައާ ދިމާއަށް ހިނގައިގަތެވެ. އެމީހުން ގޮސް ފިހާރައަށް ވަންއިރު ސާރާ ފައިވާނެއް ހެޔޮވަރު ކުރަނީއެވެ. އަމީން ފިހާރައަށް ވަނުމާއެކު ސާރާގެ އަމާޒަށް އަމީންއާއި ތޮއްޔިބު އެރިއެވެ.
"އަމީން...... ތޮއްޔިބު...." އިސްވެ ވާހަކަދެއްކީ ސާރާއެވެ.
"އާނ......ސާރާ.......ކިހިނެއް.....ރަނގަޅުދޯ." އަމީން އިޝްޤީ ޒާތަކަށް ސާރާއާ ދިމާއަށް ބަލަން ހުރެފައި އެއްސެވެ.
"ރަނގަޅު.....ރީޝާމަރުވި ޚަބަރު ލިބުމުން....ވަރަށް ދެރަވި....ބޮޑަށް ދެރަވީ އަމީން އަހަންނަށް ޚަބަރެއްވެސް ނުކުރީތީ....." ސާރާ ޖަވާބާއެކު ތަޢުޒިޔާވެސް ކިޔެވެ.
"އަހަރެން ވަރަށް އުފާވެއްޖެ. ސާރާ އަހަންނަށް ހަމްދަރުދީވުމުން......އަހަރެން އަބަދުވެސް ދެކެން ސާރާތީ އަހަރެންގެ ވަރަށް ގާތް މީހެއްގެ ގޮތުގައި.....ކަމަކަށް ބޭނުންވެއްޖެއްޔާ އަހަންނަށް ގުޅާލާނެ ކަމަށް ހީކުރަން..... ހަމަގައިމުވެސް އަހަރެން އެއްވެސް އުޒުރެއްނެތި އެކަމެއް ކޮށްދޭނަން....." އަމީން ސާރާއާ ގުޅުން ބަދަހިކުރުމުގެ ގަސްދުގައި މަގުފަހިކުރިއެވެ.
އެދުވަހު ސާރާއާއި އަމީން އެމީހުންގެ ކައިވެނީގެ ޙަޔާތުގައި ވާހަކަ ދައްކާ ނޫޅޭހާ ގާތްކޮށް ވާހަކަ ދެއްކިއެވެ. އެއީ އެދުވަހު އަމީނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށްވިއެވެ. އޭނާ މިދުނިޔެމަތިން އެންމެ ލޯބިވީ މީހާ އޭނާއާ ހެޔޮހިތުން ވާހަކަ ދެއްކީތީއެވެ.
"މިހާރު ހިތްހަމަޖެހިފަދޯ ތިހުރީ......ހަމައެކަނި އަނގައިން ބުނެލިޔަސް އުފާވޭދޯ؟" ގެއަށް ވަދެވުމާއެކު ތޮއްޔިބު އަމީން އާ ދިމާކުރިއެވެ. އަމީން ހީނގަންނަމުން މޭގައި އަތްޖައްސާލިއެވެ.
"މީހެއްގެ އަންބެއްދޯ؟ އެހެން ނަމަވެސް ވަރިހަމަ އަދިވެސް...." އަމީން ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލީ މަންމަ އަންނަތަން ފެނުނީމައެވެ.
ސާރާ އާއި ފަޒީލާ ބާޒާރުކޮށްގެން ގެއަށް އައިއިރުވެސް ތޮލާލް އެއޮތްގޮތަށް ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އޮތެވެ.
"ތޮލާ.....! ބުނީމެއްނު އޮފީހަށް ދާންޖެހޭ ވާހަކަ ނުދަންތަ؟ އޮފީހަކަށް." ސާރާ އޭނާ ގަނެގެން ގެނައި ސާމާނުތައް އެނދުމަތީގައި ބެހެއްޓިއެވެ.
"ފަހުން ޚިޔާލު ބަދަލުވީ. އެހެންވެ ނުދަން. އަހަންނަށް ކޯއްޗެއްތަ ގެނައީ؟" ސާރާއަށް ޖަވާބުދާރީވަމުން ތޮލާލު އެއްސެވެ.
"ގަމީހަކާއި ފަޓްލޫނެއް ގެނައިން......ފަޓްލޫނުގަތީ އަހަންނަށް ރީތިވެގެން. ގަމީސް ގަތީ ފަޒީއަށް ރީތިވެގެން...." ފަޓްލޫނާއި ގަމީސް ކޮތަޅުން ނަގަމުން ސާރާ ބުންޏެވެ.
ތޮލާލަށް ބޮޑަށް ރީތިވީ ގަމީހެވެ. ނަމަވެސް އޭނާ އެކަން ފާޅުގަ ފާހަގައެއް ނުކުރެއެވެ.
"ފަޓްލޫނުވެސް ވަރަށްރީތި. އެކަމަކު ގަމީސް ބޮޑަށް ރީތި." ތޮލާލު ތެދުވެ ގަމީސް ކޮނޑުގައި ޖައްސާލިއެވެ.
"މާދަމާ އޮފީހަށް ދާން އިސްތިރިކުރަންވީދޯ؟" ސާރާ އެއްސެވެ. ތޮލާލު ބޯޖަހާލިއެވެ.
ސާރާގެ ދިރިއުޅުން އަނެއްކާވެސް ބަދަލުވާން އުޅޭކަމުގެ ކުލަތައް ފެންނަން ފެށީ ޖެހިގެން އައި ދުވަހުއެވެ. އެދުވަހެވެ. ސާރާވަނީ ފެންވަރަން ފާޚާނާއަށެވެ. ފާޚާނާއަށް ވަންތާ މާގިނައިރުތަކެއް ނުވަނީސް އިވުނީ ފާޚާނާ ދޮރުގައި މީހަކު ޓަކިޖަހާލި އަޑެވެ. އޭނާ އަވަސް އަވަހަށް ގޮސް ދޮރު ހުޅުވިއެވެ.
"އަމީން....!" ދޮރުމަތީގައި ބޯގަންވިލާ މާކޯޅިއެއް ހިފައިގެން ހުރި އަމީން ފެނުމާއެކު ސާރާގެ އަނގަ ހުޅުވުނެވެ.
"އަހަރެން މިކަހަލަ ގަޑިއެއްގައި މިގެއަށް އައިސް ވަނުމުން ވަރަށްބޮޑު ސަޕްރައިޒަކަށް ވެއްޖެދޯ." އަމީން ބޯގަންވިލާ މާ ސާރާއަށް ދިއްކުރިއެވެ.
"ޝުކުރިއްޔާ....." މަލުގައި ހިފަމުން ސާރާ އަމީން އަށް ޝުކުރު އަދާކުރިއެވެ.
"ތިޔައީ ރަޙްމަތްތެރިކަން އާލާކުރުމަށް އަހަރެންދިން ހަދިޔާއެއް......ދެންދަނީ...." އަމީން ހިނގައިގަތުމާއެކު ސާރާ އަނެއްކާވެސް ފާޚާނާއަށް ވަދެ ދޮރު ލެއްޕިއެވެ. ތޮލާލު އައިސް ކޮޓަރިއަށްވަނީ އަމީން އަށް ކޮޓަރިން ނުނިކުމެވިގެން އުޅެނިކޮށެވެ. ނަމަވެސް ތޮލާލަކަށް އަމީން ފެނުނުހެނެއް ހިއެއް ނުވެއެވެ. އަމީން ކޮޓަރިން ނުކުތީ ތޮލާލުގެ ގައިގާ ޖެހިލާފައި ކަހަލަ ގޮތަކަށެވެ. އެކަމަކު އެވަރުންވެސް ތޮލާލަށް ރޭކާވެސް ނުލިއެވެ.
"ސާރާ......ނުނިމޭތަ؟ އަހަރެންވެސް ފެންވަރަންވެއްޖެ.....ތަނަކަށްދާން ގަޑިވެސް ކިޔާފައޮތީ....." ގަމީސް ބާލަމުން ތޮލާލު ގޮވިއެވެ.
"އަދި ކިރިޔާ ފެށީ.....ތޮލާވެސް އާދޭ....." ސާރާ ފާޚާނާގެ ދޮރު ހުޅުވިއެވެ. ނަމަވެސް އޭރު އޭނާ ހުރީ ވަރަށްބޮޑަށް ހާސްވެފައެވެ. އޭނާ ހީކުރިއެވެ. ތޮލާލަށް ދާދި ދެންމެއަކު ކޮޓަރިން ނުކުތް އަމީން ފެންނާނެއެވެ. އެހެންކަމުން އޭނާ ދޮރުން ބޭރަށް ބޯދިއްކޮށް އަމީން ފެންނަން ހުރިތޯ ބަލާލިއެވެ. ތޮލާލު ކޮޓަރި ތަޅުލުމަށްފަހު އައިސް ފާޚާނާއަށް ވަދެއްޖެއެވެ. އެދުވަހު ފެންވަރަމުން ދިޔައިރު ސާރާއަށް އޭނާގެ ހަށިގަނޑުގައި އެހެން މީހަކު ބީހޭކަމުގެ އިޙްސާސް ކުރެވުނެވެ. އެހެންކަމުން ޝަވަރަށް ބާރުކޮށްލުމަށްފަހު އޭނާ ދޭތެރެ ދޭތެރެއިން
ކައިރީގައި ތުނބުޅި ބާލަން ހުރި ތޮލާލާ ދިމާއަށް ބަލައިލެވެއެވެ.
"ތޮލާ....އަހަރެންގެ ގައިގަ ޖެހުނިންތަ؟" ސާރާއަށް ބޭއިޚްތިޔާރުގައި އެހުނެވެ.
"އޭނ....ނުޖެހެން، އަހަރެން އަތްލިނަމަ ސާރާއަށް ފެންނާނެއެއްނު."ތުނބުޅި ބާލަންހުރެ ތޮލާލު ވާހަކަ ދެއްކިއެވެ. ސާރާ އަނެއްކާވެސް ފެންވަރަށް ފެށިއެވެ. ދެންވެސް އޭނާ ހުއްޓާލީ ކުރިން ކުރެވުނު އިޙްސާސް ކުރެވިގެންނެވެ.
އޭނާއަށް ހީވަނީއެވެ. ތޮލާލު ނޫން އެހެން ކޮންމެވެސް މީހަކު އޭނާގެ ހަށިގަނޑުގައި ބީހެނީއެވެ. އެހެން ނަމަވެސް ދެން އޭނާ އެނބުރުނުއިރުވެސް ތޮލާލު އަދި ތުނބުޅި ބާލާ ނުނިމެއެވެ. އެހެންވެ ސާރާ ތުވާލިން ހަށިގަނޑު ނިވާކުރުމަށްފަހު ތޮލާލުގެ ގާތަށް ހުއްޓި ތޮލާލު ދަތްއުނގުޅާ ބުރުހުގައި ބޭސްޖަހަން ފެށިއެވެ.
"ސާރާ ފެންވަރާ ނިމުނީތަ؟" ތޮލާލު ތުނބުޅި ބާލާނިމި ތުނބުޅީގައި (މޫނުގައި) ފެންހާކާލަމުން އެއްސެވެ.
"އުނހު. ތޮލާ ނިމެންދެން މަޑުކޮށްލީ....." ސާރާ ބުރުސް ތޮލާލާ ދިމާއަށް ދިއްކުރިއެވެ. އެއީ އެދެމަފިރިންގެ އާދައެކެވެ. ލޯބި އާލާކޮށް ބަދަހިކުރުމުގެ މަޤުޞަދުގައި ކޮންމެ ކަމެއް ކުރިޔަސް އެދެމަފިރިން އެކަކު އަނެކަކަށް ޙިއްޞާ ކުރާނެއެވެ. ފެންވަރަން ވަންނަނީ އަބަދުވެސް އެކީގައެވެ. ފިރިމީހާ ތުނބުޅި ބާލަން ފަށައިފިއްޔާ ދެން ބޭނުންވާނެ އެއްޗެއް އަނބިމީހާ ހުންނާނީ ތައްޔާރު ކޮށްގެންނެވެ. ބައެއްފަހަރަށް ހިތަށް އަރައެވެ. ސާރާއަކީ މިސާލެއް ނެތްފަދަ އަންހެނެކެވެ. އެއީ ފިރިމީހާގެ ކަންތަކާ އަޅާލާ ފިރިމީހާގެ އިޙްސާސްތައް ނިކަން ރަނގަޅަށް ދަންނަ އަންހެނެކެވެ.
"ސާރާ ކަހަލަ އަންބަކު މަދުން ނޫނީ ނުލިބޭނެ.....އެކަމަކު......ފަޒީލާ އެއީ އަހަރެންގެ ދަރިފުޅުގެ މަންމަ....ދަރިފުޅަށް މުސްތަޤްބަލް ހޯދަދޭންވެސް އަހަރެންގެ ހިތް ނިކަން އެދޭ." ތޮލާލު ސާރާއަށް ތަޢުރީފުކޮށް ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިއެއް ކަމުގައިވާ ޝަފީގު އާއެވެ.
"ތިކަހަލަ ރަނގަޅު އަންބެއް ލިބުނީމާވެސް އަދިވެސް ތިއުޅެނީ އެހެން މީސްމީހުނާ ދޭތެރޭ ވިސްނަން....." ޝަފީގު ބުންޏެވެ.
"އަހަރެން އެހެން މީހަކާ ދޭތެރޭ ވިސްނަނީކީ ނޫނޭ ޝަފީގު. ކޮންމެފަދަ ގޮތަކަށް ލިބުނަސް އެތުއްތު ދަރިފުޅަކީ ސީދާ އަހަރެންގެ ލެޔޭ...." ދިފާއުގައި ތޮލާލު ބުންޏެވެ. އެދުވަހު ލައްކަގިނައިރު ވަންދެން މިމައުޟޫއަށް ވާހަކަ ދައްކަން އެވެރިން ތިއްބެވެ.
ދުވަސްތަކުގެ ބާރު ދުވެލީގައި ދަތުރު ކުރަމުން އައިސް ހިތްދަތިކަމާއެކު މާލޭގައި ކެހިދިން ލޯބިވެރިޔާގެ ހިޔަލުގައި ފަޒީލާ ފަކީރު އުޅޭތާ ހަމަސް ފާއިތުވެއްޖެއެވެ. ފާއިވެދާ ކޮންމެ ދުވަހަކުވެސް އޭނާ އެހެން މީހުނާ އެކަހެރިވެހުރެ ކަރުނަ އަޅައެވެ. ބައެއްފަހަރަށް މިމަންޒަރު ސާރާއަށް ފެނި އޭނާވެސް ފަޒީލާގެ ހިތާމަތަކުގައި ބައިވެރިވެއެވެ.
"ފަޒީ.....އަހަންނަށް ކޮންމެހެން އެމީހަކީ ކާކުކަން ސިއްރު ކުރުމުގެ އެއްވެސް ބޭނުމެއް ނެތް....އަހަރެން މިހުރީ ފަޒީ އެދުނު ކޮންމެ ކަމެއްގައިވެސް އެހީވާން." ސާރާ ފަޒީލާގެ ކުރިމަތީގައި ހުރި ގޮނޑިގައި އިށީނެވެ.
"ހެޔޮނުވާނެ ސާރާ ކޮންމެ ދުވަހަކު އެއްފަހަރު އަހަންނާ ތިޔަ ސުވާލު ނުކޮށްބަލަ. އެވާހަކަ އަޑުއަހަން ސާރާއަކަށް ކެތެއްވެސް ނުވާނެ." ފަޒީލާ އޭނާގެ ދެލޮލުން ހިލެމުން އައި ކަރުނަތައް އެތެރެއަށް ހިންދަން މަސައްކަތް ކުރަމުން ބުންޏެވެ. އެވަގުތު ކޮޓަރިތެރެއަށް އިތުރު މީހަކު ވަދެއްޖެހެން ސާރާ އާއި ފަޒީލާ އާ ދެމީހުންނަށްވެސް ހީވިއެވެ. ދެމީހުންނަށްވެސް އެމީހަކު ފެނޭތޯ ވަށައިގެން ހޯދަން ފެށުނެވެ. ޔަގީނެވެ. އެމީހުނަށް ނުފެނުނަސް ފަޒީލާއާ ދާދިގާތުގައި އިކްލީލު އެބަހުއްޓެވެ. ކުރިން ވާހަކަ ދައްކަމުންދިޔަ މައުޟޫއަށް ސާރާ ވާހަކަ ދައްކަން ފެށީ އިތުރު މީހަކު ފެންނަން ނެތީމައެވެ.
"އަހަންނަށް ކެތްވާނެ، އަހަރެން ބޭނުން....އެއީ ކާކުތޯ ބަލަން. އަވަހަށް ކިޔައިދީ...." އަނެއްކާވެސް ސާރާ އެދުނެވެ. ހަމައެއާއެކު ފަޒީލާއާ ގާތަށް ޖެހިލިއެވެ. ހީވާ ކަހަލައެވެ. އިކްލީލު އުޅެނީ ފަޒީލާ ލައްވާ ކޮންމެވެސް ވާހަކަތަކެއް ދައްކުވާށެވެ. އޭނާގެ ބާރުގައެވެ. އޭނާ ކުރިއަށްވުރެންވެސް ފަޒީލާއާ ގާތަށް ޖެހެން ފަށައިފިއެވެ. މަޑުމަޑުން ގާތްވަމުން ގާތްވަމުން އޭނާ ގެއްލުނީ ފަޒީލާގެ ގައިގައި ޖެހިފައި ކަހަލަ ގޮތަކަށެވެ. ހީވީ ފަޒީލާގެ ހަށިގަނޑުތެރެއަށް އޭނާ ވަދެގަތީހެނެވެ. އެހިނދު ހީވީ ފަޒީލާގެ ހަށިގަނޑަށް ވަރުގަދަ ލޮޅުމެއް އައިހެނެވެ. އޭނާއަށް ނިކަން ބާރަށް ތެޅިގަނެވުނެވެ. ހަމައެއާއެކު އޭނާއަށް ބާރުބާރަށް ރޮއިގަނެވިއްޖެއެވެ.
ނުރޮއެ ފަޒީ.....ކުއްލިއަކަށް ތަނަކަށް ތަދުވާން ފެށީތަ؟" ސާރާ ފަޒީލާގެ ކޮނޑަށް އަތް ވައްޓާލިއެވެ.
"ސާރާ.....އަހަރެން ސާރާއަށް މިވާހަކަ ކިޔައިދޭނީވެސް ކިހިނެއް.....ހިތަށްއަރާ ސާރާއަށްވާނީ ކިހިނެއްބާވައޭ....." ފަޒީލާ މަޑުމަޑުން ސިއްރު ޞަފްޙާތައް ހުޅުވަން ފަށައިފިއެވެ. ނަމަވެސް ހަޤީޤީ ފަޒީލާގެ އެއްވެސް ބާރަކާ ލައިގެނެއް ނޫނެވެ. އާއެކެވެ. މިވަގުތު އޭނާގެ ހަށިގަނޑަށް ވެރިވެފައިވަނީ އިކްލީލުގެ ރޫހާނީ ބާރެވެ. އެބާރުގައި އޭނާއައީ ސިއްރު ހާމަކުރުމަށް ވަޒީލާއަށް މަޖުބޫރު ކުރުވަމުންނެވެ.
"ބުނޭ ފަޒީ.....އަހަރެން ފަޒީގެ ހުރިހާ ވާހަކައެއްވެސް ކެތްތެރިކަމާއެކު އަޑުއަހާނަން....ފަސްނުޖެހި ކިޔައިދީ." ސާރާ ބުންޏެވެ. ފަޒީލާ އެނދުގައި އިށީނދެއްޖެއެވެ.
"ސާރާ.....އަހަންނަށް ކުރިން އޭނާ އެނގުނުނަމަ މިލަނޑު އަހަންނަށް ނުލިބުނީސް...." ފަޒީލާ ކުރިއަށްވުރެންވެސް ބާރަށް ރޮއިގަތެވެ. އިކްލީލުގެ އެހީއާ އެކުގައެވެ. އިކްލީލު ހަޤީޤަތް ކިޔައިދނުމަށް ބާރުއަޅަނީއެވެ.
"ބުނެބަލަ ކޮބާތަ އެމީހަކީ؟" ސާރާ ފަޒީލާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ފަޒީލާ ރޮމުން ސީލިންގއާ ދިމާއަށް ކަޅި ހުއްޓާލިއެވެ.
"ނުވިސްނާ ދެންވެސް ބުނެބަލަ." ސާރާ މިފަހަރު ހިފެހެއްޓީ ފަޒީލާގެ އަތުގައެވެ. އެހިނދު ސާރާއަށް އާދަޔާޚިލާފު އިހްސާސްތަކެއް ކުރެވިގެން ދިޔައެވެ. އެއީ މީގެކުރިން ފަޒީލާގެ ގައިގައި ޖެހުމުން ކުރެވުނު އިހްސާސެއް ނޫނެވެ.
"ބުނަންވީތަ؟ އެހެރީ އެމީހަކީ." ކޮޓަރި ދޮރުމައްޗަށް އައިސް ހުއްޓުނު ތޮލާލަށް އިޝާރާތް ކޮށްފައި ފަޒީލާ ތެދުހާމަކުރިއެވެ. ހަމައެއާއެކު ސާރާގެ ސިކުނޑިއަށް ހީވީ ތޫނު އެއްޗެއް ވިހަ ހަތިޔާރެއްގެ ގޮތުގައި ހަރާލިހެންނެވެ. ތޮލާލަށް އެއްޗެކޭ ބުނަން އަނގަ ހުޅުވިގޮތަށް ބަސް ހުސްޓިފައި ހުރެވުނެވެ. ސާރާއަށްވެސް ހައިރާންކަމާއެކު ގަބޫލު ކުރަން ދަތިވެފައި ތޮލާލަށް ބަލަހައްޓައިގެން ހުރެވުނެވެ.
"ހަމަ ރަނގަޅަށްތަ ތިބުނީ.....؟" ސާރާގެ އަޑުވެސް ފިތުނެވެ. އެއަށްފަހު ފަޒީލާ ރޮއިރޮއިފައި ހުރިހާ ވާހަކައެއް ތެދުބަހުން ސާރާއަށް ހާމަކޮށްދިނެވެ. އެހިނދު ތޮލާލަށްޓަކައި އޭނާގެ ހިތުގައި އުފެދުނު ނަފްރަތާއި ރޯވި އަލިފާނުގެ ސަބަބުން އޭނާ ތުރުތުރު އަޅަން ފަށައިފިއެވެ.
"އަހަންނަށް މަޢާފުކުރޭ ސާރާ.....މަޢާފުކުރޭ...." ތޮލާލު އައިސް ސާރާގެ އަތުގައި ހިފެހެއްޓިއެވެ.
"ތިކަހަލަ މުޑުދާރު މީހަކު އަހަރެންގެ ގައިގަ އަތްލައިގެންވެސް ނުވާނެ....ދޫކުރޭ....." ސާރާ ރޮމުން ތޮލާލުގެ އަތް ފޮޅުވާލިއެވެ.
******************
* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 77 އިން 80 ށެވެ.

ކިޔުންތެރިންގެ ހިޔާލު