ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު
ވަގު އެކައުންޓް ހަދައިގެން ދީނަށް ފުރައްސާރަކުރާ މީހުން ހައްޔަރު ކުރުމުގެ ޤާބިލްކަން ފުލުހުންގެ ހުރިކަން މިއަދު ސާބިތު ވެއްޖެ ކަމަށާއި ފުލުހުން ބޭނުންވެއްޖެނަމަ ވަގު އެކައުންޓްތައް ހިންގާ މީހުން ހޯދޭކަން މިއަދު ސާބިތުވެއްޖެ ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އާރްޑީއެކްސް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށް ބުނެ ޓްވީޓްކޮށްފައި ވަނީ، "ރޮޔަލް ހުސެން ތަކުރު" ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކުންނެވެ. ފަހުން އެ އެކައުންޓު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އެކަމާ ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، ވަގު އެކައުންޓަކުން ޓްވީޓް ކުރާ މީހުން ހޯދޭކަން ފުލުހުން ހާމަކޮށްދީފައިވާ ކަމަށާއި، އެހެންކަމުން ވަގު އެކައުންޓް ހަދައިގެން އިސްލާމްދީނަށް ފުރައްސާރަކުރާ ދިވެހިން ހިފާ ހައްޔަރު ނުކުރެވޭ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"ނުބައި ނުލަފާކަން ބޮޑީ ﷲ އަށް މަލާމާތްކުރާ މީހާ ނޫންބާ؟ ޙައްލުކޮށްދެއްވާ!" ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ.



ފުލުހުން ބުނެފައިވަނީ، ސޯޝަލް މީޑިއާއާއި އެ ނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން، މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ޖިނާއީ ކުށެއްކަމަށާއި، އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން ވަގު ޓްވިޓަރ އެކައުންޓެއް ބޭނުންކޮށްގެން އިންޒާރުދިން މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި މައްޗަންގޮޅި ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށައެޅި މުހައްމަދު އިނާދު ހައްޔަރު ކޮށްފައިވާއިރު، އިންޒާރާ ގުޅިގެން އިންޑިއާ ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން