އޮޑިޓާ ޖެނެރަލްގެ މަގާމަށް ގ. އައިފަ، ހުސައިން ނިޔާޒީ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ނިޔާޒީ އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަނުކުރުމަށް ރުހުންދީފައިވަނީ މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގައި އޭނާ އާއި އިންޓަވިއު ކުރުމަށްފަހު ކޮމިޓީގެ އިއްތިފާގުންނެވެ.
އޮޑިޓާ ޖެނަރަލްގެ މަގާމަށް ނިޔާޒީ އައްޔަންކުރަން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އޮޑިޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ޙަސަން ޒިޔަތު މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.
15 އަހަރު ދުވަސް ވަންދެން އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ނިޔާޒީއަކީ މީގެ ކުރިން އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެެވެ. އޮޑިޓް އޮފީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓް ޑިވިޝަންގެ އެންމެ އިސްވެރިޔާ އަކީ ވެސް ނިޔާޒީއެވެ. އޭނާއަކީ ރާއްޖޭގައި ތިއްބެވި އެންމެ ސީނިއާ ޗާޓާޑް އެކައުންޓެންޓުންގެ ތެރޭގައި ވެސް ހިމެނޭ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު