ކޮވިޝީލްޑް ވެކްސިންގެ ދެވަނަޑޯޒް ޖެހުމަށް އޮންލައިންކޮށް ޓޯކަން ދޫކުރަން ހަމަޖައްސައިފިއެވެ.
އެޗްޕީއޭ އިން ބުނީ، ޓޯކަން ނަންބަރު ދޫކުރަން ހަމަޖެހިފައި ވަނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ކަމަށެވެ. ޓޯކަން ދޫކުރާނީ ވެކްސިން ޖަހަން ދާންޖެހޭ ގަޑީގެ އެއް ގަޑިއިރު ކުރިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ދެ ދަންފަޅިއަކަށް ބަހަލައިގެން ވެކްސިން ޖެހުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ދަންފަޅީގައި ވެކްސިން ޖަހާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. ދެވަނަ ދަންފަޅީގައި ވެކްސިން ޖަހާނީ މެންދުރު 1:00 އިން ހަވީރު 3:00 އަށެވެ. އެގޮތުން ސޯޝަލް ސެންޓަރުން ދަންފަޅިއަކަށް 200 ޓޯކަން ދޫކުރާއިރު، އިސްލާމިކް ސެންޓަރުން ދަންފަޅިއަކަށް ދޫކުރާނީ 200 ޓޯކަން އެވެ. މީގެ އިތުރުން ނެޝަނަލް އާރޓް ގެލަރީން ދަންފަޅިއަކަށް 70 ޓޯކަން އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުން ދަންފަޅިއަކަށް 120 ޓޯކަން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން ދެވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން ފަށަން ނިންމިކަން އެޗްއީއޯސީން ހާމަކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މީގެ ކުރިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ހުއްޓާލާފައިވަނީ އެކަށީގެންވާ ވަރަށް ވެކްސިން ނެތުމުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. ނަމަވެސް މިހާރު ހެޔޮއެދޭ ފަރާތަކުން ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކޮށްފައެވެ.
އެޗްއީއޯސީން ބުނީ، ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކަމަށެވެ. އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ސެންޓަރަށް ގަޑިއަށް ހާޒިރުވުމަށް ސަމާލުކަން ދެއްވުމަށް ވެސް އެޗްއީއޯސީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު