ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ދިވެހި ފިރިހެނަކު ވެސް ހިމެނޭ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ހައްޔަރު ކުރި ދިވެހި މީހާއަށް ކުރާ ތުހުމަތެއް ލަންކާ ފުލުހުން ހާމައެއް ނުކުރެ އެވެ. އެ މައްސަލާގައި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކުއްޖާގެ މަންމަވެސް ހިމެނެއެވެ.
ލަންކާ ފުލުހުން ބުނީ މިކުއްޖާގެ ފަރާތުން ނާޖާއިޒް ފައިދާ ހޯދަމުން ގެންދާތާ ތިން މަހެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އެގޮތުން ކުޑަކުއްޖާގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ވެބްސައިޓަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިކަން އިޝްތިހާރުކޮށް ކުއްޖާ ގަންނަން ބޭނުންވާ މީހުންނަށް މައުލޫމާތު ފޯރުކޮށްދެމުން ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުން ދިޔަ މައްސަލަ ލަންކާ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ލަންކާގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު