ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ލިބުން ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. މިއަދުގެ ޖަލްސާއަކީ ގިނަ ދުވަސްތަކަކަށް ފަހު މަޖިލީހުގެ ތަޅުމުގައި ބޭއްވި ފުރަތަމަ ޖަލްސާއެވެ.

އާދަމް ޝަރީފް ހުށައެޅުއްވި ގަރާރުގައިވަނީ ރޭޕްކުރުމާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި، އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވަމުންދާ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ. އަދި މީގެ ސަބަބުން ރޭޕްކުރުމާއި ޖިންސީ ގޯނާގެ ޢަމަލުތައް ހިންގުން އިތުރުވެ، މުޖްތަމައުގައި ބިރުވެރިކަމާ ނާމާންކަން ބޮޑުވެ، މަގުމައްޗަށް ނުކުންނަން ޖެހިލުންވާ ހިސާބަށް ގޮސްފައިވާކަމަށް އާދަމް ޝަރީފް ހުށައެޅުއްވި ޤަރާރުގައި ވެއެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފުލިބުން ލަސްވެފައިވާ ކަމަށާއި، މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދީ، ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ވެސް ޤަރާރުގައި ވަނީ ގޮވާލާފައެވެ.

އޭގެ އިތުރުން ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް މަދު ކުރެވޭނެގޮތްތަކެއް ދަޢުލަތުގެ ނިޒާމްގެ ތެރެއިން ރާވާ ތަރުތީބު ކުރުމަށް ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން