އަވަށްޓެރި ޤައުމުތަކާ އެކުވެރިކަން ބަދަހި ކުރަންޖެހޭނީ ވަކި ހައްދެއްގެ ތެރޭގައި ކަމަށް ގައުމީ ސަލާމަތީ ބާރުގައި ކެޕްޓަނެއްގެ ރޭންކްގައި ކުރިން ވަޒީފާއަދާކުރެއްވި އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ހައިޑްރޯގްރަފިކް ސާވޭގެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އިޤުތިޞާދީ ސަރަހައްދާއި އެތެރެވަރިއާއި ބޭރުގެ ކަނޑުގެ ސަރަހައްދުގެ ނެވިކަމުގެ ޗާޓުތައް ހެދުމުގެ ހައްގު އިންޑިޔާއަށް ލިބެއެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަށްވައި އިޙްސާން ވިދާޅުވީ، ހުރިހާ ޤައުމަކީވެސް ދިވެހިންގެ އެކުވެރިން ކަމަށާއި، އެކަމަކު އެކުރެވިކަން ބަދަހިކުރަން ވާނީ ވަކި ހައްދެއްގައި ކަމަށެވެ.
ހައިޑްރޯގްރަފިކް ސާވޭގެ އެއްބަސްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަހެއް ވިދާޅުވެފައި ނުވާތީ އެކަމަށްވެސް އިހުސާން ވަނީ ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، "ގުލާބުޖާމް މީރުވެފައި ޕޫލް އައުރު ކާންޓޭ ފަދަ ފިލްމުތައް ރީތިވުމަކީ އަޅުގަނޑުމެންގެ ޤައުމުގެ ހައްގުގައި ބުނަންޖެހޭ ބަހެއް ނުބުނަންޖެހޭ ސަބަބެއްކަމަށް ދެކިވަޑައިގަންނަވާ މެމްބަރުން މަޖިލީހުގައި ތިއްބެވުމަކީ ހިތާމަހުރިކަމެއް" ކަމަށެވެ.
އޭގެ އިތުރުން އިހްސާން ވިދާޅުވީ، ހައިޑްރޯގްރަފިކް ސާވޭގައި އެއްކުރެވޭ މައުލޫމާތު ތަކަކީ ރާއްޖޭގެ ސަރަހައްދީ ސަލާމަތާއި ގުޅޭ މުހިންމު މައުލޫމާތު ކަމަށެވެ. އަދި މިމައުލޫތު ވަކި އެއްޤައުމެއްގެ ބާރު އޮންނަ ގޮތަށް ހުރުމަކީ ރާއްޖޭގެ އަމިއްލަ ވަންތަކަމާއި، މިނިވަންކަމާއި ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.
ހައިޑްރޯގްރަފިކް ސާވޭގެ އެއްބަސްވުމުގައި ވާގޮތުން ދިވެހިރާއްޖެއިން އެއްކުރެވޭ މައުލޫމާތު އިންޑިޔާއިން އުފައްދާ އުފެއްދުންތަކާއި އިންޑިޔާގެ ޚިދުމަތްތަކުގައި ބޭނުންކުރުމަށާއި އެ މައުލޫމާތު އަލުން އުފެއްދުމަށާއި ބޭނުންކުރުމަށް ހުއްދަ ދިނުމާމެދު ދިވެހި ސަރުކާރުން ވިސްނުމަށް ހިމަނާފައިވެއެވެ. އެ މައުލޫމާތު ބޭނުންކުރުމުގައި ހަމައެކަނި ޝަރުޠަކީ އެ މައުލޫމާތުގެ ކޮޕީރައިޓު ޙައްޤުތައް ދިވެހިރާއްޖެއަށް ދިނުމެވެ. އަދި މިފަދަައިން ދިވެހިރާއްޖެއިން ލިބޭ މައުލޫމާތު ބޭނުންކުރުމުގައި ރޯޔަލްޓީގެ ގޮތުގައި ދައްކާނެ އަގަކާމެދު ދެ ޤައުމުން އެއްބަސްވެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

“Gulabjam” meeruvefa “Pool aur Kaante” fadha filmthah reethivumaky alhugandumenge qaumuge haqquqai bunan jehey baheh nubunevenjehey sababehkamah dhekilahvva memberun Majileehugai thibumaky Hithaamakuraakameh. Hurihaa Qaumaky ves alhugandumen ge ekuverin. Ekamaku vaki Hadhehga!
— Ali Ihusaan (@ali_ihusaan) July 5, 2021
އޭގެ އިތުރުން އިހްސާން ވިދާޅުވީ، ހައިޑްރޯގްރަފިކް ސާވޭގައި އެއްކުރެވޭ މައުލޫމާތު ތަކަކީ ރާއްޖޭގެ ސަރަހައްދީ ސަލާމަތާއި ގުޅޭ މުހިންމު މައުލޫމާތު ކަމަށެވެ. އަދި މިމައުލޫތު ވަކި އެއްޤައުމެއްގެ ބާރު އޮންނަ ގޮތަށް ހުރުމަކީ ރާއްޖޭގެ އަމިއްލަ ވަންތަކަމާއި، މިނިވަންކަމާއި ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.
ހައިޑްރޯގްރަފިކް ސާވޭގެ އެއްބަސްވުމުގައި ވާގޮތުން ދިވެހިރާއްޖެއިން އެއްކުރެވޭ މައުލޫމާތު އިންޑިޔާއިން އުފައްދާ އުފެއްދުންތަކާއި އިންޑިޔާގެ ޚިދުމަތްތަކުގައި ބޭނުންކުރުމަށާއި އެ މައުލޫމާތު އަލުން އުފެއްދުމަށާއި ބޭނުންކުރުމަށް ހުއްދަ ދިނުމާމެދު ދިވެހި ސަރުކާރުން ވިސްނުމަށް ހިމަނާފައިވެއެވެ. އެ މައުލޫމާތު ބޭނުންކުރުމުގައި ހަމައެކަނި ޝަރުޠަކީ އެ މައުލޫމާތުގެ ކޮޕީރައިޓު ޙައްޤުތައް ދިވެހިރާއްޖެއަށް ދިނުމެވެ. އަދި މިފަދަައިން ދިވެހިރާއްޖެއިން ލިބޭ މައުލޫމާތު ބޭނުންކުރުމުގައި ރޯޔަލްޓީގެ ގޮތުގައި ދައްކާނެ އަގަކާމެދު ދެ ޤައުމުން އެއްބަސްވެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު