ޕީޕީއެމްގެ ލީޑަރ، ރައީސް ޢަބްދުﷲ ޔާމީން (ކ) އާއި ޕީއެންސީގެ ލީޑަރ އަބްދުއް ރަޙީމް ޢަބްދުﷲ (ވ)
ޕީޕީއެމްގެ ލީޑަރ، ރައީސް ޢަބްދުﷲ ޔާމީން (ކ) އާއި ޕީއެންސީގެ ލީޑަރ އަބްދުއް ރަޙީމް ޢަބްދުﷲ (ވ)
އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތާއީދު ކުރައްވާ ވެރިކަމުގެ ނިޒާމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެނގިވަޑައި ނުގަންނަވާނެކަމަށް ޕީޕީއެމް އަދި ޕީއެންސީ ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރޭ ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމިންގެ ތާއީދާއެކު ވެރިކަމުގެ ނިޒާމް ބަދަލުކުރައްވާނެކަމަށެވެ. އެގޮތުން ރައީސް ޔާމީން މީގެކުރިން ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާފައި ކަމަށާއި، ފަހުން ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރައްވާ ކަމަށްވެސް ވިދާޅުވެފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ތާއީދު ކުރައްވާނީ ރައްޔިތުންގެ ނިންމުމަށްކަމަށެވެ. އަދި 2023 ގެ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރެވެން ޖެހޭނެ ކަމަށާއި، އެއީ ޤައުމު ބޭނުންވާގޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ރައީސް ޔާމިން ތާއީދު ކުރައްވަނީ ރައްޔިތުންގެ ނިންމެވުމަށް. ރައްޔިތުންވަނީ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށް ނިންމާފަ. ރައީސް ޔާމިން ތާއީދުކުރައްވާ ނިޒާމް ރައީސް ނަޝީދަކަށް އެނގިވަޑައި ނުގަންނަވާނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.



ރޭގެ ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ކެނޑިޑޭޓަކަށް ތާއީދު ނުކުރާނެ ދުވަހެއް ނާންނާނެކަމަށާއި، ނަމަވެސް ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ޖެހޭކަމަށެވެ.

"އެހެންވީމަ އެމްޑީޕީ އާއި ޕީޕީއެމް މި ދެ ޕާޓީއަށް ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް، ފެންނަ ނުފެންނަ ވޯޓެއް ބޭއްވުނީމަ އަޅުގަނޑުމެންނަށް މި ބަދަލު ގާނޫނު އަސާސީއަށް ގެނެވޭނެ." ރޭގެ ޕްރޮގްރާމްގައި ވާހަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

އާސްކް ސްޕީކަރ ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވެން ޖެހޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މިހާރުވެސް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ. އެ ހުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެެ. މިހާރު އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިތުރުން އިތުރު ހުކުމްތަކެއް އަންނާނެ ދައުވާތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް މިހާރު ވެސް ވަނީ ދައުލަތުން އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން