ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ކޯޓުން ނެރެގެން ގެންދަނީ
ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ކޯޓުން ނެރެގެން ގެންދަނީ
ސްރީލަންކާގައި 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވަން އުޅުނުކަމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ހައްޔަރުކުރި ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ 20000 ރުފިޔާގެ ބުކިންގއެއް ހެއްދީ އޮއިލް މަސާޖަކަށް ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެއެވެ.

ލަންކާގެ ނޫސްތަކުން ބުނާގޮތުން 15 އަހަރުގެ ކުއްޖަކު ލައްވާ ހަށިވިއްކުވައިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތުވެސް ވަނީ އިތުރުކޮށްފައެވެ. އޭގެ ތެރެއިން އަޝްމަލީގެ ބަންދަށް 14 ދުވަސް ޖަހައިދީފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

އަޝްމަލީގެ މުއްދަތު މަޖިލީހުގައި އޭނާގެ ވަކީލް ވިދާޅުވީ އަޝްމަލީ އޮންލައިންކޮށް 20000 ރުޕީސް ދައްކައި ބުކިން ހެއްދީ ވެބްސައިޓަކުން އިޝްތިހާރެއް ފެނިގެން "އޮއިލް މަސާޖެއް ކުރަން" ކަމަށެވެ. އަދި ބުކިން ހެއްދިއިރު އެއީ ކުޑަ ކުއްޖެއްކަން ނޭނގޭ ކަމަށް ވެސް ވަކީލް ވިދާޅުވި ކަމަށް އޭއެފްޕީން ރިޕޯޓް ކޮށްފައި ވެއެވެ.

ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުން އެ މީހުންނާއެކު މިމައްސަލައާއި ގުޅުންހުރި 32 މީހަކު ވެސް ރޭޕްގެ ތުހުމަތަށް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުުހުން ބުނެ އެވެ. އަދި މިކަމުގައި ބައިވެރިވި އިތުރު 12 މީހަކު ފާހަގަވެފައިވާ ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވެއެވެެ.

ލަންކާ ފުލުހުން ބުނާގޮތުގައި އަޝްމަލީއާއެކު ހައްޔަރުކުރި ލަންކާގެ ތިން މީހުންނަކީ ކުޑަކުއްޖާ ލައްވައި ހަށިވިއްކުވި ހޮޓަލުގެ ވެރިންނެވެ. މި މައްސަލައިގައި ލަންކާގެ ވެބްސައިޓެއްގައި މިކަން އިޝްތިހާރު ކުރަން އުޅުނު ދެ މީހަކު ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު އެގައުމުގެ ފުލުހުން ހައްޔަރު ކޮށްފައެވެ.

ކުއްޖާ ލައްވާ އެމީހުން ހަށިވިއްކުވާތާ މިހާރު ތިންމަސް ވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެެވެ. އެ ކުއްޖާއަށް ޖިންސީ ގޮތުން އެތައް އަނިޔާއެއް ލިބިފައިވާ ކަމަށާއި އެކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ލަންކާ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ސްރީލަންކާގާއި ދިވެހިންގެ 16،000 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. އަދި އެކި ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހީން އެގައުމަށް ޒިޔާރްތަކޮށް އުޅެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޢަކާ

09-Jul-2021

20000 ރުފިޔާ އޮއިލް މަސާޖަކަށްނުދޭނެ. ދޭނީ ޒިނޭ މަސާޖަށް


-3

ތިމަންނަ

09-Jul-2021

ހަމަ ޔަގީނޭ ތިޔަ ކަލޭގެ ތިޔަ އުޅުނީ މދ ފައިގާ ތެޔޮދަމާށޭ


8

ާަަެމުހައްމަދު ނަސީމު

09-Jul-2021

ވޯޓް އޮޅުވަާލުމަށް މަސައްކަތް ކުރި,, ރ.ޔާމީނަށް ލަނޑުދިނުމަ އެހީވި އަނިޔާވެރިއެއް.



ޓްރެންޑިން