ހިޔާ މަޝްރުޢުގެ ފްލެޓްތައް | ރަސް ފޮޓޯ: ޝާޙް
ހިޔާ މަޝްރުޢުގެ ފްލެޓްތައް | ރަސް ފޮޓޯ: ޝާޙް
ރައީސް ޔާމީންގެ ސަރުކާރުން އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓުތައް ލިބުނު 6720 މީހުން "ހިޔާ 7000 ޕޯޓަލް" ގައި އަމިއްލަ އެކައުންޓެއް ހުޅުވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ޕޯޓަލުގެ ބޭނުމަކީ ފްލެޓް ލިބުނު މީހުން އެޗްޑީސީއަށް ލިޔެކިޔުންތައް ހުށަހެޅުމާއި އެހެނިހެން މުއާމަލާތްތައް ކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމެވެ. އަދި ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް ހުއްޓުމެއް ނެތި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، ޕޯޓަލްގައި އެކައުންޓު ހުޅުވުމަށް ފަހު އެ މީހަކަށް ފްލެޓް ލިބުނު ކެޓަގަރީއަކުން އެއްބަސްވުމުގައި ސޮއިކުރަން ބޭނުންވާ މައުލޫމާތު ފޯމާއި، ފްލެޓް ލިބުނު މީހުންގެ އައިޑީ ކާޑުގެ ކޮޕީ ހުށައަޅަން ވާނެ ކަމަށެވެ. އަދި ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރާ ފަހުން ނިޔާވެއްޖެ ނަމަ، ނުވަތަ ބުއްދިއަށް އުނިކަމެއް އަތުވެއްޖެ ނަމަ، އެ މީހެއްގެ ވާރިސުން ސާބިތު ކުރެވެންދެން، އެ މީހެއްގެ ބަދަލުގައި ފްލެޓްގެ ޒިންމާ އުފުލާނެ މީހަކާ ގުޅޭ މައުލޫމާތު ހުށަހެޅުމަށްވެސް އެދިފައިވެ އެވެ.

އެޗްޑީސީން ބުނީ، އެއްވެސް ސަބަބަކާ ހުރެ ފްލެޓް ލިބުނު މީހާއަށް ފްލެޓް ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރަން ހާޒިރު ނުވެވިއްޖެ ނަމަ ބަދަލުގައި ސޮއިކުރާނެ މީހެއްގެ މައުލޫމާތު ވެސް ދޭން ޖެހޭނެ ކަމަށެވެ. އަދި ސައްހަ ނޫން މައުލޫމާތު ނުވަތަ މައުލޫމާތު ފުރިހަމަ ނުކޮށް ހުރި ނަމަ، "ޕަވާ އޮފް އެޓާނީ" ބާތިލުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެޗްޑީސީން ވަނީ ފްލެޓް ބަދަލުކުރަން ބޭނުންވާ މީހުންވެސް އެ ބަދަލުކުރާ ފްލެޓަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެދިފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ފްލެޓް ބަދަލުކުރުމަށް ކޮންމެ މީހަކަށް ވެސް ދެވޭނީ އެންމެ ފުރުސަތެކެވެ. އެއް ފޯމަށް ވުރެ ގިނައިން އެކަކު ހުށަހަޅައިފި ނަމަ ފޯމުތައް ބާތިލުވާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ މައުލޫމާތު ފޯމު އޮންލައިންކޮށް ހުށަނޭޅޭ ނަމަ އެމީހުންގެ ފޯމު ބަލައިގަންނާނީ ހުރަވީ ސްކޫލުގެ ހޯލުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން