މެއި 6 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ދިން ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ދަރިންނަށާއި، ޢާއިލާއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އާސްކް ސްޕީކާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ޙަމަލާއަށްފަހު، އެމަނިކުފާނުގެ ދަރިންނާއި، ކޮއްކޮމެން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ބައެއް ޚިޔާލުތަކުގައި ބޭނުންކުރެވިފައިހުރި ބަހުރުވައަކީ މާބޮޑު ކަންތައްތަކެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދައްކަން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ދިމާވެފައިވަނީ ޙަމަލާގެ ސަބަބުން އެފަރާތްތަކަށް ނަފްސާނީގޮތުން ކޮށްފައިވާ އަސަރުގެ ބޮޑުކަމުން ޖަޒްބާތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ކޮއްކޮމެންނަކީ އެމަނިކުފާނާ ވަރަށް ގާތްކަން ބާއްވާ ބައެއްކަމަށާއި، ޚާއްސަކޮށް ޙަމަލާއަށްފަހު އެމަނިކުފާނުގެ ކޮއްކޯފުޅު އުސްތާޛު ނާޒިމް އަބްދުއްސައްތާރުގެ ބަހުރުވައާއި މެދު ކަންބޮޑުވުން ހުރިނަމަވެސް ނާޒިމްގެ އިޙްސާސްތައް ވިސްނިވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން އޭނާ ކުށްވެރި ނުކުރަށްވާނެ ކަމަށެވެ.
ޙަމަލާއަށްފަހު ރައީސް ނަޝީދުގެ ދަރިކަނބަލުން ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކަށް ތުހުމަތުގެ އިނގިލި ދިއްކުރަށްވައި ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު އިނގިރޭސިވިލާތުގައި ހުންނަވާއިރު އެމަނިކުފާނުގެ ހަށިކޮޅުގައި ބޭސްއެޅުން ފަދަ ކަންތައްތައް ކުރަށްވަނީ ދަރިންކަމަށް ވުމުން އެ ކުދިންނަށް އެ މަންޒަރު މާ ސާފުކޮށް ފެނިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން އެ ކުދިން ޖަޒުބާތުގައި ފާޅުކުރާ ޚިޔާލުތައްވެސް ކުށްވެރި ނުކުރަށްވާނެ ކަމަށާއި، އަދި ޢާއިލާއާއި ދަރިންގެ އިޙުސާސްތަކަށް އިޙްތިރާމް ކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވެއެވެ.
ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން މިނިސްޓަރ މާރިޔާއަށް ޢާއިލާގެ ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވީ ނަމަވެސް، ރޭގެ ޕްރޮގްރާމްގައި އެމަނިކުފާނު ވިދާޅުވީ، މިނިސްޓަރ މާރިޔާ އެމަނިކުފާނަށް ގެއްލުމެއް ދިނުމަށް މަސައްކަތް ކުރަށްވާނެ ކަމަށް ޤަބޫލުނުކުރަށްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު