ފޮޓޯ: ސޯޝަލް މީޑިއާ، ކޮވިޝީލްޑް ވެކްސިން
ފޮޓޯ: ސޯޝަލް މީޑިއާ، ކޮވިޝީލްޑް ވެކްސިން
ކޮވިޝީލްޑް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހައްދަން ޚާއްސަ ޕޯޓަލެއް ތައާރަފްކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނީ ކޮވިޝީލްޑުގެ ދެވަނަ ޑޯޒު ޖެހޭނީ ހަމައެކަނި އެޕޯޓަލް މެދުވެރިކޮށް އެޕޮއިންޓުމަންޓު ހެދުމުން ކަމަށެވެ. މިއާއެކު ވެކްސިން ސެންޓަރުތަކުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން މިހާރު އެޕޮއިންޓުމަންޓް ދުލެއް ނުކުރާނެ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މި ބަދަލަކީ ވެކްސިން ޖެހުމުގެ އިންތިޒާމު ފަސޭހަކޮށްދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލެއްކަމަށާއި އެއްތާކަށް ގިނަ ބަޔަކު އެއްވުމުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް، އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދޭނެ ގޮތް ފަހިކޮށްދިނުމަށް ގެނައި ބަދަލެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ފެބްރުއަރީ ނުވަތަ މާރިޗު މަހުގައި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން ދެވަނަ ޑޯޒް ފުރިހަމަކުރުމަށްޓަކައި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދޭނެ ކަމަށެވެ. އެޕޮއިންޓްމަންޓް ހަދާފައިވާ ވަގުތަށް ވެކްސިން ޖަހަން ނުދެވިއްޖެނަމަ ބުކިންގ ކެންސަލްވާނެ ކަމަށާއި، ދެން ޖެހޭނީ އެހެން ދުވަހަކަށް އަލުން އެޕޮއިންޓްމަންޓް ހައްދަން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން ރާއްޖޭގައި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ވެކްސިން ޖަހަން ފެށީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑްގެ 200،000 ޑޯޒާއެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން