ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
ރައީސް ނަޝީދަށް ޙަމަލާދިނުމުން އެމްޑީޕީ ވަނީ ހޮރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުގެ ބިލަށް މަޖިލީހުގައި މިއަދު ބަހުސް ކުރަށްވަމުން އިދިކޮޅު ޕީއެންސީގެ ނާއިބުރައީސް އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ޓެރަރިޒަމްގެ ވާހަކަ ދެއްކުމަށް އެމްޑީޕީގެ މެންބަރުން މިއަދު ލަދުގަންނަށް ޖެހޭނެ ކަމަށާއި، ރައީސް ނަޝީދަށް ޙަމަލާދިނުމުން އެމްޑީޕީ މެންބަރުން ވަނީ ހޮރަށް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަށް އެމްޑީޕީގެ މެންބަރުން ކުރިކަމެއް ފެންނަން ނެތް ކަމަށާއި، އޭގެ ބަދަލުގައި ފެންނަނީ ކޮންމެވެސް މަޖުބޫރީއެއްގެ ސަބަބުން އެ މެންބަރުންގެ ދޫ ބަންދުވެފައި ތިބި މަންޒަރު ކަމަށެވެ. އަދި އެއީ އެ މެންބަރުން އަމިއްލަ ނަފްސަށްވެސް ލަދުވެތިވާންޖެހޭނެ ކަމެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ ރައީސް ނަޝީދަށް އިންސާފު ލިބޭނީ 2023 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމުން ކަމަށެވެ. އަދި އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އަނިޔާތަކާއި ހާނިއްކަތަކުގެ ވާހަކަތައް ހިއްސާކުރެއްވުމުން އެކަމާއި ވަރަށް ހިތާމަކުރައްވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށާއި، އަދި ވެރިކަން ކުރާ އެމްޑީޕީގެ ރައީސް ކަމަށެވެ. އޭގެ އިތުރުން އެއީ 2023 ވަނަ އަހަރު އެމްޑީޕީގެ ކެންޑިޑޭޓު ކަމަށާއި، އެމަނިކުފާނަށް ދިން ހަމަލާ ތަހުގީގުކޮށް އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް މިސަރުކާރު ފެއިލްވާނެކަން އެނގިވަޑައިގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރޭ މަޖިލީހުން އިންތިޒާމްކޮށްގެން ބޭއްވި "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވީ، މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައިހުންނެވީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި އޮތީވެސް އެމްޑީޕީގެ އަޣުލަބިއްޔަތުކަމަށެވެ. އަދި އެމަނިކުފާނަށް ދިންޙަމަލާ އަކީ ސަރުކާރުގެ ކުޑަވެސް ބައިވެރިވުމެއް އޮވެގެން ދެވުނު ހަމަލާއެއް ކަމަށް ގަބޫލުފުޅުކުރަށްވަން ވަރަށް ދަތިފުޅު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ހަމަލާގެ އަސްލާއި ހަމައަށް ނުދެވިއްޖެނަމަ އެއީ ސަރުކާރުގެ ފެއިލް ވުމަކަށް ވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން