ޖުމްހޫރީ ޕާޓީގެ މަޖިލީސް މެންބަރުން އިތުރު ސިޔާސީ ޕާޓިއެއް ހެއްދެވުމަށް މަސައްކަތް ކުރަށްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ވިދާޅުވެއްޖެއެވެ.
ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުގެ ބިލަށް މަޖިލީހުގައި މިއަދު ބަހުސް ކުރަށްވަމުން ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ތެރެއިން އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އިސްބޭފުޅުން ކުރަށްވަމުން ގެންދަވާ ކަމަށާއި، އެކަމުގައި އިސްކޮށް ހުންނެވީ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ކަމަށެވެ.
"އަޅުގަނޑުމެންގެ ކޯލިޝަންގެ ޕާޓީއެއް ކަމަށްވާ ޖުމްހޫރީ ޕާޓީގެ އޮފީހުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން، މިތާ ތިއްބެވި ބައެއް މެމްބަރުން އަލުން ޕާޓީއެއް ހައްދަވަން އެކުރައްވާ މަސައްކަތް ކުރައްވާ ކަމަށްވަންޏާ ޖުމްހޫރީ ޕާޓީއަށް މީގެ ދަތިތަކެއް ހުންނާނެ." ދޮންބިލެއް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ދޮންބިލެއް ވަނީ، ޖުމްހޫރީ ޕާޓީ ހަލާކު ކުރުމަށް އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ތެރެއިން ކުރާ މަސައްކަތް ހުއްޓުވުމަށް ޕާޓީގެ ލިޑަރ އޮންރަބަލް ޤާސިމް އިބްރާހިމް މަޖިލީހަށް ވަޑައިގަތުމަށް އިލްތިމާސް ކުރަށްވާފައެވެ. އަދި އަބްދުﷲ ރިޔާޒް ކުރަށްވާ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށާއި، ޖުމްހޫރީ ޕާޓީއަކީ މި ރާއްޖޭގެ ސިޔާސީ ނިޒާމުގައި މުހިއްމު ޕާޓީއެއް ކަމަށް މެންބަރު ހަލީމް ވިދާޅުވިއެވެ.
މެންބަރު ޙަލީމްގެ ތުހުމަތުތަކާ ގުޅިގެން ޢަބްދުﷲ ރިޔާޒް އެއްވެސް ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ.
ކޯވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާތީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް މަޖިލީހުގެ ޖަލްސާތަކަށް ޙާޟިރުވެ ވަޑައި ނުގަންނަވަނީ އެބޭފުޅާ އަކީ ހައިރިސްކް ކެޓަގަރީގެ ބޭފުޅަކަށް ވާތީ ކަމަށް ޤާސިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު