ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (މ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (މ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު މިއަދު ފޯނު ބޭނުންފުޅު ކުރަށްވަން ފަށްޓަވައިފި ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިވަގުތު ޖަވާބު ނުދެވި 7862 މެސެޖު އެބައޮތް ކަމަށާއި، އަދި ހުރިހާ މެސެޖެއް ވެސް މިހާރު ވިދާޅުވެފައިވާ ކަމަށެވެ. ރައީސް ނަޝީދު ވަނީ މެސެޖު ކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

"ސަލާމް. އަޅުގަނޑު މިއަދު ފޯނު ބޭނުން ކުރަން ފަށައިފިން. މިވަގުތު އަޅުގަނޑަށް ޖަވާބު ނުދެވި 7862 މެސެޖް އެބަވޭ. އެންމެ ބޭފުޅުންގެ ޓެކްސްޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު ހުރިހާ ޓެކްސްޓް ކިޔައިފިން." ރައީސް ނަޝީދު ވިދާޅުވިއެވެ.



ރޭ އާސްކް ސްޕީކަރ ޕްރޮގްރާމްގައި ރައީސް ނަޝީދާއި ސުވާލު ކުރަށްވަން ގުޅުއްވި ގިނަ ފަރާތްތަކަކުން ވަނީ އެމަނިކުަފާނަށް ދިން ހަމަލާއިން ލިބިވަޑައިގެންފައިވާ އަނިޔާތަކާމެދު ހަމްދަރުދީ ފާޅުކޮށް އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނު އަވަހަށް އެނބުރި ވަޑައިގެން މަސައްކަތްތައް ފެއްޓެވުމަށްވެސް ބައެއް ފަރާތްތަކުން އެދިފައި ވެއެވެ. އެފަދަ ފަރާތްތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދުވަނީ އެމަނިކުފާނަށް ލިބިފައިވާ އަނިޔާތަކާއި މިހާރުގެ ހާލުކޮޅާއި ކަންކަން ރަނގަޅުވަމުން އަންނަ މިންވަރުވެސް ވަރަށް ސާފުކޮށް ވިދާޅުވެދެއްވާފައެވެ. އަދި ފަރުވާ މުޅިން ނުނިމޭކަން ހާމަކުރަށްވަމުން ރައީސް ނަޝީދު ވަނީ ދުވަސްކޮޅަކު ދުރުގައި މަޑުކޮށްލުން ވެސް މުހިންމުކަމުގައި ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި 16 ގަޑިއިރަށްވުރެ ގިނައިރު ވަންދެން އެމަނިކުފާނުގެ ސާޖަރީތައް ކުރިއަށްގެންދިޔައެވެ. އަދި އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު ވަނީ ޖަރުމަންވިލާތުގައިވެސް ގިނަ ދުވަސްތަކެއް ފަރުވާގައި ހޭދަކުރައްވާފައެވެ. ޖަރުމަންވިލާތުން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން