އިބްރާހިމް އިސްމާޢީލް (އިބްރާ) ކ.
އިބްރާހިމް އިސްމާޢީލް (އިބްރާ) ކ.
ރައީސް ޔާމީނަކީ ޖިނާއީ ކުށެއް ކުރިކަމަށް ޝަރީއަތުން ސާބިތުވެފައިވާ މުޖުރިމެއް ކަމަށް، ޤާނޫނުގައި ބުނާ ޢަދަދަށް މެންބަރުން ހަމަނުވުމުން މިހާރު އުވާލާފައިވާ ސޯޝަލް ލިބަރަލް ޕާޓީގެ ލީޑަރ އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން އިބްރާ ވިދާޅުވީ، ރައީސް ޔާމީނަކީ މިވަގުތަށް ބަލާއިރު، ޖިނާއީ ކުށެއް ކުރިކަމަށް ޝަރީއަތުން ސާބިތުވެފައިވާ މުޖުރިމެއް ކަމަށާއި، ރައީސް ޔާމީނަށް 2023 ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ލެވޭނެކަމަށް ބުނުމަކީ ވެރިކަމުގައި މުޖުރިމަކު ބެހެއްޓުން އެންމެ ރަނގަޅުކަމަށް ބުނުން ކަމަށެވެ.

2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިބްރާ ވިދާޅުވީ، ރައީސް ޔާމީނަށް ވެރިކަމަށް ކުރިމަތި ލެވޭނެ ކަމަށް ބުނުމަކީ "ޤާނޫނު އަސާސީގައި ކޮޅުފައިން ޖެހުން" ފަދަ ކަމެއް ކަމަށެވެ.



ރައީސް ނަޝީދުގެ އިތުރުން، އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއް ރަޙީމްވެސް މިއަދު ވިދާޅުވެފައިވަނީ، 2023 ގެ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރެވެން ޖެހޭނެ ކަމަށާއި، އެއީ ޤައުމު ބޭނުންވާގޮތް ކަމަށެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މިހާރުވެސް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ. އެ ހުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެެ. މިހާރު އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިތުރުން އިތުރު ހުކުމްތަކެއް އަންނާނެ ދައުވާތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް މިހާރު ވެސް ވަނީ ދައުލަތުން އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

އެދުރުބެ

16-Jul-2021

ބޮޑު ލާދީނީ ގޮލައެއް.


-3

އަޙްމަދު

09-Jul-2021

އިބްރާ އަކީ ރާއްޖޭގައި ހުރި ދުރުވިސްނޭ ހަމައެކަނި ލީޑަރު......



ޓްރެންޑިން