ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި (ކ)، ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި (ކ)، ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް
ރައީސް ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކުވެސް ނުފެންނާނެ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލޭ ދާއިރާއަށް ވާދަ ކުރަށްވައި 350 ވޯޓާއެކު ބޮޑު ނާކާމިޔާބެއް ކުރިމަތިވުމުން މިސަރުކާރާއި ދެކޮޅުވެ އަނެއްކާވެސް ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްޕުޅު ކުރަށްވަމުން ގެންދަވާ ޑރ. ޖަމީލް ވިދާޅުވީ، ރައީސް ނަޝީދަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި، ރައީސް ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކުވެސް ނުފެންނާނެ ކަމަށެވެ.

ޑރ. ޖަމީލް ވަނީ ވެރިކަމުގެ ނިޒާމުގެ ވާހަކައަކީ ޕާޓީގެ އެކްޓިވިސްޓުން ޗާޖު ކުރަން ދައްކާ ވާހަކައެއް ކަމަށާއި، އެވާހަކަ މިހާރު ބާވެއްޖެ ކަމަށް ވިދާޅުވެފައެވެ.

ރޭ ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ތާއީދާއެކު ވެރިކަމުގެ ނިޒާމް ބަދަލުކުރައްވާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީން މީގެކުރިން ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާފައި ކަމަށާއި، ފަހުން ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރައްވާ ކަމަށްވެސް ވިދާޅުވެފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޑރ. ޖަމީލް މިއަދު ވިދާޅުވީ، ރައްޔިތުން ވަނީ ވެރިކަމުގެ ނިޒާމް ކަނޑައަޅާފައި ކަމަށާއި، އެފަހަރު ރައްޔިތުން ރައީސް މުޙައްމަދު ނަޝީދަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.

ރޭގެ ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ޖެހޭކަމަށެވެ.

"އެހެންވީމަ އެމްޑީޕީއާއި ޕީޕީއެމް މި ދެ ޕާޓީއަށް ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް، ފެންނަ ނުފެންނަ ވޯޓެއް ބޭއްވުނީމަ އަޅުގަނޑުމެންނަށް މި ބަދަލު ގާނޫނު އަސާސީއަށް ގެނެވޭނެ." ރޭގެ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ބެލުމަށް 2007 ވަނަ އަހަރު ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ޢާއްމު ވޯޓުގައި ރިޔާސީ ނިޒާމަށް ތާޢީދުކޮށް 95619 ރައްޔިތުން ވޯޓު ދީފައިވާއިރު ބަރުލަމާނީ ނިޒާމަށް ތާޢީދުކޮށް ވޯޓު ލާފައިވަނީ، 58504 ރައްޔިތުންނެވެ. ނަމަވެސް ރައީސް ނަޝީދާއި އެމްޑީޕީން ތުހުމަތު ކުރަނީ އެ ވޯޓު އޮޅުވާލާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން