ރައްޔިތުންގެ މަޖިލީހުގެ ވޯޓިން ކޯރަމް ހަމަ ނުވެގެން މުހިންމު ތިން ބިލަކަށް ނަގަން އެޖެންޑާކޮށްފައިވާ ވޯޓު ކުރިއަށް ނުގެންގޮސް މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
ގިނަ މަސައްކަތްތަކަކާއެކު މާދަމާގެ ނިޔަަލަށް ދަންމާލާފައިވާ މި ދައުރުގެ، މިއަދު ބޭއްވި ޖަލްސާއަށް ކޮމިޓީތަކުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ މުހިންމު ބިލްތަކުގެ ރިޕޯޓު ވަނީ ހުށަހަޅާފައެވެ.
ނަމަވެސް ކޮމިޓީ ތަކުން ހުށަހަޅާފައިވާ މި ރިޕޯޓުތަކަށް ބަހުސް ކުރަން އެއްވެސް މެމްބަރަކު އެދިވަޑައިގެންފައި ނުވުމާއި ގުޅިގެން ވޯޓަށް އަހަން ހުރި ކަންކަމަށް ބަލައި ވޯޓުކުރިއަށް ގެންދަން ބެލިއިރު މެމްބަރުން ހަމަވެފައެއް ނުވެއެވެ. އެހެންކަމުން ވޯޓު ކުރިއަށް ނުގެންގޮސް މިއަދުގެ ޖަލްސާ ވަނީ ނިންމާލާފައެވެ. ވޯޓިން ކޯރަމް ހަމަނުވެގެން މިއަދު ވޯޓަށް އަހާފައިނުވާ ތިން ބިލުގެ ތެރޭގައި ތަފާސް ހިސާބުގެ ބިލް، އާމްދަނީ އިން ޓެކްސް ނެގުުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނަުމުގެ ބިލް ހިމެނެއެވެ.
މިއަދު ވޯޓަށް އެހި ވަގުުތު މަޖިލީހުގައި ތިއްބެވީ 39 މެމްބަރުންނެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގައިވާގިތުން ވޯޓު ނެގޭނީ މަޖިލީހުގައި ޖުމްލަ 44 މެމްބަރުން އެވަގުތު ތިއްބަވައިގެންނެވެ. ޤާނޫން އަސާސީގައި ބުނާ ގޮތުން ނަމަ ރައްޔިތުންގެ މައްޗަށް އަމަލު ކުރުން ލާޒިމްވާ އެއްވެސް ކަމެއް ފާސްކުރުމަށް ވޯޓު ނެގޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ 50 އިންސައްތައަށް ވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބޭ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު