ރާއްޖޭގެ މަޤުބޫލު ރެސްޓޯރެންޓެއް ކަމުގައިވާ ސޯލްޓް
ރާއްޖޭގެ މަޤުބޫލު ރެސްޓޯރެންޓެއް ކަމުގައިވާ ސޯލްޓް
ރޭގަނޑު 11:30 ވަންދެން ކެފޭތަކާއި ރެސްޓޯރެންޓްތަކުން ޑައިންއިންގ ގެ ޚިދުމަތް ދެވޭނެ ކަމަށް މިއަދު ސަރުކާރުން ހާމަކޮށްފިއެވެ.

ކޮވިޑް-19ގެ ހަތަރުވަނަ ރާޅާއެކު ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިންތިހާއަށް ގިނަވެގެން ދިއުމާ ގުޅިގެން ސަރުކާރުން ވަނީ ބަލި ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަޑުމަޑުން ދަށަށް ދާން ފެށުމުން މި މަހުގެ އެއްވަނަ ދުވަހު ލުއިތައް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން މިއަދުވެސް ވަނީ އިތުރު ލުއިތަކެއް ދީފައެވެ. މިއަދު ދިން ލުއިތަކުގެތެރޭގައި މާލޭގެ ކާފިއު އުވާލުމުގެ އިތުރުން މިއަދުންފެށިގެން ރެސްޓޯރަންޓްތަކާއި ކެފޭތަކުން ރޭގަނޑު 11:30 ވަންދެން ޑައިންއިންގ ގެ ޚިދުމަތް ދިނުމަށް ވަނީ ހުއްދަ ދީފައެވެ. އަދި މިހާރުވެސް ދެމުންދާގޮތަށް 24 ގަޑިއިރުގެ ޑެލިވަރީ ޚިދުމަތް ދެވޭނެ ކަމަށާއި، ކަނޑަ އެޅިފައިވާ މިންގަނޑުގެ ތެރެއިން މިކަންކަން މޮނިޓަރ ކުރުން އިތުރަށް ހަރުދަނާކޮށް، ގަވާއިދުން މޮނިޓަރ ކުރަމުން ދާނެ ކަމަށްވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ސިނަމާތައް ގައިޑްލައިނާއި އެއްގޮތަށް ޚިދުމަތް ދިިނުމަށް ހުއްދަދީފައިވާއިރު، މާލޭ ސަރަހައްދުގެ ކާފިއު އުވާލުމާ ގުޅިގެން ރީޓެއިލް ޚިދުމަތްދޭ ތަންތަން ބަންދުކުރާ ގަޑި ވެސް ވަނީ އިތުރު ކޮށްފައެވެ. ނަމަވެސް މިހުރިހާ ލުއިތަކާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ސަރުކާރުން ވަނީ އިލްތިމާސްްކޮށްފައެވެ.

މިއަދު ދިން ލުއިތަކުގެ ތެރޭގައި ކޯވިޑް ފެތުރޭ ނިސްބަތުން އެކިވަރުގެ ލުއިތަކާއެކު މާލެއިން ރަށްރަށަށް ދަތުރުކުރުމަށް ވެސް ވަނީ ހުއްދަ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން