ކުޑަ ކުއްޖާ މަރާލި މައްސަލާގައި ހައްޔަރުކުރި ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27)އަހަރު
ކުޑަ ކުއްޖާ މަރާލި މައްސަލާގައި ހައްޔަރުކުރި ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27)އަހަރު
ރަޙުމްކުޑަކޮށް މަރާލާފައި ވަނިކޮށް ހުޅުމާލެއިން ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލާގައި ހައްޔަރު ކޮށްފައިވާ 17 އަހަރުގެ ކުޑަ ކުއްޖާގެ ބަންދަށް 13 ދުވަސް ޖަހައިފިއެވެ.

ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލައިފައިއޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ 22 ޖޫން ދުވަހުގެރޭ މެންދަމު 2:38 އެހާކަންހާއިރުއެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި 17 އަހަރު ކުއްޖާގެ ބަންދަށް 13 ދުވަސް ޖަހާފައިވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ޙާޟިރު ކުރުމުންނެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27)އަހަރު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ. 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ޒިހާންގެ މައްޗަށް ޖިންސީ ގޯނާގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތުވެސް ފުލުހުން ކުރެއެވެ.

ރަހުމްކުޑަގޮތަކަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑުރަމަށް މިމަހުގެ 5 ވަނަ ދުވަހު ހެނދުނު 10:15ގައި މޯލްޑިވިއަންގެ ފްލައިޓެއްގައި ވަނީ ފޮނުވާފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްގެ ހެޑް ޗީފް އިންސްޕެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދައި މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން