މާލޭގެ މަގުމަތީގައި ފުލުހުން ޙަރަކާތްތެރިވަނީ | ރަސް ފޮޓޯ - ޝާހް
މާލޭގެ މަގުމަތީގައި ފުލުހުން ޙަރަކާތްތެރިވަނީ | ރަސް ފޮޓޯ - ޝާހް
18 އަހަރުން ދަށުގެ ވެކްސިން ނުޖެހޭ ކުދިންނަށްވެސް ކަަރަންޓީން ވުމަކާ ނުލާ ދަތުރު ކުރެވޭނެ ކަމަށް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް މިރޭ ވިދާޅުވީ، ވެކްސިންގެ ޑޯސޭޖް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތްތަކަށް މޮނިޓަރިންގ ގެ ޙާލަތުގައި ނެތް ރަށަކަށް ނެގެޓިވް ޕީސީއާރް ޓެސްޓަކާއި އެކު ދަތުރުކުރެވޭނެ ކަމަށާއި، 18 އަހަރުން ދަށުގެ ވެކްސިން ނުޖެހޭ ކުދިންނަށްވެސް ނެގެޓިވް ޕީސީއާރް ޓެސްޓަކާއި އެކު ދަތުރުކުރެވޭނެ ކަމަށެވެ.



ސަރުކާރުން މިއަދު ނިންމާފައިވަނީ، ވެކްސިންގެ ދެޑޯޒް ހަމަކުރުމަށްފަހު 14 ދުވަސް ހަމަކޮށްފައިވާ ފަރާތްތަކަށް، މޮނިޓަރިންގައި ނެތް ރަށްތަކަށް، ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކީގައި ދަތުރުކުރެވޭނެ ކަމަށެވެ. އަދި މާލެ ސަރަޙައްދުގެ މިހާރު ޙާލަތާ އެއްގޮތަށް، 5 އިންސައްތައަށްވުރެ ޕޮޒިޓިވިޓީ ރޭޓް ދަށްކޮށް ހުންނަ ރަށްރަށަށް ކަރަންޓީނު ނުވެ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ދަތުރުކުރެވޭނެކަމަށާއި ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައާ 10 އިންސައްތައާ ދެމެދުގައި ހުންނަ ރަށްތަކަށް ދަތުރުކުރާނަމަ 7 ދުވަހު ކަރަންޓީނު ވުމާއެކު ރިލީސް ސާންޕަލް ނަގަންޖެހޭނެކަމަށާއި އަދި 10 އިންސައްތައަށްވުރެ ޕޮޒިޓިވިޓީ ރޭޓް މަތީގައި ހުންނަ ރަށްތަކަށް ދަތުރުކުރާނަމަ 14 ދުވަހު ކަރަންޓީނު ވުމާއެކު ރިލީޒް ސާންޕަލް ނަގަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާކަމުގައި މަބްރޫކް ވިދާޅުވިއެވެ.

މިއާއެކު މިހާރު ވެކްސިންގެ 2 ޑޯޒްހަމަކޮށް 14 ދުވަސް ހަމަކޮށްފައިވާ ފަރާތްތަކުން މާލެއިން އެހެން ރަށްރަށަށް ދަތުރުކުރުމުގައި، މޮނީޓަރިންގައި ނެތްރަށެއްނަމަ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރެވޭނެކަމުގައި މަބުރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން