ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތައްދޭން ނިންމި ނިންމުމާ ގުޅިގެން މިފަހަރުވަނީ ދެކުނު އޭޝިއާގެ މަސައްކަތްތެރިންނަށްވެސް ޚާއްސަ ކަރަންޓީނު އުސޫލެއް ކަނޑައަޅާފައެވެ.
އިއްޔެ ލުއިތައްދޭން ނިންމި ނިންމުމާ ގުޅިގެން މިހާރު މި ވަނީ ދެކުނު އޭޝިއާގެ ރައްޔިތުންގެ ތެރެއިން ރާއްޖޭގެ ވޯކްޕާމިޓް އޮންނަ ފަރާތްތަކަށް ރާއްޖެ އައުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ރާއްޖެއަށް އައުމުގެ ކުރިން 96 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް ބޭނުންވެއެވެ. މި ނެގެޓިވް ނަތީޖާއާއެކު ކަރަންޓީނުގެ މުއްދަތު ވެސް ފުރިހަމަ ކުރަން ޖެހޭނެއެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ލުއި ދީފައިވާއިރު، ވޯލްްޑް ހެލްތު އޯގަނައިޒޭޝަނުން ހުއްދަ ދީފައިވާ ވެކްސިން ތަކުގެ ތެރެއިން ވެކްސިނެއްގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަކޮށްފައިވާ ނަމަ އެފަރާތްތައް ފުރިހަމަ ކުރަން ޖެހޭނީ 7 ދުވަހުގެ ކަރަންޓީނުގެ މުއްދަތެކެވެ. ނަމަވެސް ވެކްސިންގެ އެއް ޑޯޒް ނުވަތަ އެއްވެސް ޑޯޒެއް ފުރިހަމަ ކޮށްފައި ނުވާ ފަރާތްތައް ފުރިހަމަ ކުރަންޖެހޭނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެކެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކާ ދެ ޑޯޒް ހަމަނުވާ ފަރާތްތަކަށް ކަރަންޓީނުން ނުކުމެވޭނީ ކޮވިޑް ގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.
ދެކުނު އޭޝިއާއިން ރާއްޖެ އަންނަ ފަރާތްތައް ރާއްޖެ އައިސް ކަރަންޓީނުވާން ޚާއްސަ ތިން ހޮޓަލެއް ވަނީ ހަމަޖައްސާފައެވެ. އެއީ ބީހައިވް ހޮޓަލް، ތްރީ އިން އަދި ވައިޓް ހާޕް އެވެ.
އަދި އެ ފަރާތްތަކުން ރާއްޖެ އައުމުގެ ދަތުރު ފެށުމުގެ ކުރިން އެ މަސައްކަތްތެރިޔާ އަމިއްލައަށް ނުވަތަ މަސައްކަތްތެރިޔާއާ ހަވާލުވެ ހުންނަ ފަރާތުން އިމިގްރޭޝަންގެ އިމުގާ ޕޯޓަލްގައި ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ. އަދި ދަތުރުކުރުމުގެ 24 ގަޑިއިރު ކުރިން ކަރަންޓީނުވުމަށް އެދި އެޗްއޯސީއަށް ހުށަހަޅަން ޖެހޭނެއެވެ.
މިފަހަރު ދިން ލުއިތަކާއެކު ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް ވެސް ރާއްޖެއާދެވޭނެއެވެ. ނަމަވެސް ދެކުނުއޭޝިޔާގެ ފަތުރުވެރިންނަށް ހަމައެކަނި ދަތުރު ކުރެވޭނީ އެމީހުން ޗުއްޓީހޭދަކުރާ ރިސޯޓަށެވެ.
މިފަހަރު ދިން ލުއިތަކާއެކު ވެކްސިންގެ ދެޑޯޒް ހަމަކޮށްފައިވާ ދިވެހީންނަށް ރާއްޖޭޣެ އެތެރޭގެ ދަތުރުތައް ކުރެވޭނެ އުސޫލެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ދަތުރުކުރާ ރަށެއްގައި ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓަށްބަލައި ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތަށް ވަނީ އުސޫލުގައި ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު