ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ސަރުކާރުން ހަވާލުުކޮށްފައިވާ ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 84 ޕަސެންޓް މިހާރު ނިމިފައިވާކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ބޮޑުހިލަ ބޭނުން ކޮށްގެން 410 މީޓަރ ބޭރު ތޮށި ހެދުމާއި، 196 މީޓަރު އެއްގަމު ތޮށި ހެދުމާއި. 10 މޫރިން ބްލޮކް ލުމާއި، ބަނދަރުގައި 10 ބައްތި ހަރުކުރުން އަދި 2 ނެރު ބައްތި ހަރުކުރުމާއި 2500 އަކަ މީޓަރުގެ ޕޭވްމަނަޓް ހެދުން ހިމެނެއެވެ. މީގެ އިތުުރުން ބަނދަރު ފުންކުރުމާއި، ނެރު ފުންކުރުމާއި، 6 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
މީގެއިތުރުން މީގެކުރިން ކޮނެފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެއެވެ.
38.2 މިލިއަން ރުފިޔާގެ މި މަޝްރޫއު އަކީ އެއް އަހަރާއި 3 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.

ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 84 ޕަސެންޓް މިހާރުވަނީ ނިމިފައި. މި މަޝްރޫޢުގެ ދަށުން، ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި. މި މަޝްރޫޢަކީ 38.2 މިލިއަން ރުފިޔާގެ މަޝްރޫޢެއް. #MTCCProjects pic.twitter.com/JcUL0kGe3O
— MTCC Plc (@MTCCPlc) July 8, 2021
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ބޮޑުހިލަ ބޭނުން ކޮށްގެން 410 މީޓަރ ބޭރު ތޮށި ހެދުމާއި، 196 މީޓަރު އެއްގަމު ތޮށި ހެދުމާއި. 10 މޫރިން ބްލޮކް ލުމާއި، ބަނދަރުގައި 10 ބައްތި ހަރުކުރުން އަދި 2 ނެރު ބައްތި ހަރުކުރުމާއި 2500 އަކަ މީޓަރުގެ ޕޭވްމަނަޓް ހެދުން ހިމެނެއެވެ. މީގެ އިތުުރުން ބަނދަރު ފުންކުރުމާއި، ނެރު ފުންކުރުމާއި، 6 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
މީގެއިތުރުން މީގެކުރިން ކޮނެފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެއެވެ.
38.2 މިލިއަން ރުފިޔާގެ މި މަޝްރޫއު އަކީ އެއް އަހަރާއި 3 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު