ކޮވިޑްގެ ހާލަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ޓީމެއް މަސައްކަތުގައި
ކޮވިޑްގެ ހާލަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ޓީމެއް މަސައްކަތުގައި
ކޯވިޑް-19 އާ ގުޅިގެން މިހާރު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަވެފައިވާ މީހުން ކަރަންޓީނުން ދޫކޮށްލުމަށް ނިންމާފައިވާކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ އިޢުލާނެއްގައި ވަނީ، ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަކޮށް ދަތުރުކުރުމާ މީހުން ކަރަންޓީނުވުމަށް ލުއިދިނުމާ ގުޅޭގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ އެންގުމާ އެއްގޮތަށް ވެކްސިންގެ 2 ޑޯޒް ހަމަކޮށް 14 ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަށްރަށަށް ދަތުރުކުރުމާގުޅިގެން މިހާރު ހޯމްކަރަންޓީނުގައި ތިބި ފަރާތްތަކާއި މި ފަރާތްތަކާއެކު ދަތުރުކޮށް ކަރަންޓީނުގައިތިބި ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންވެސް ޕީ.ސީ.އާރ ޓެސްޓު ހަދާ ނެގެޓިވް ނަތީޖާއާއެކު ކަރަންޓީނުން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކޮވިޑް-19 އިމަރޖެންސީ ޔޫސް ލިސްޓުގައި ހުއްދަ ދީފައިވާ ވެކްސިނެއް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ، ރާއްޖެއިން ބޭރުން އައިސް މިވަގުތު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ކަރަންޓީނުގެ 7 ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުން ޕީ.ސީ.އާރ ޓެސްޓު ހަދައި ނެގެޓިވް ނަތީޖާ ލިބުމުން ކަރަންޓީނުން ދޫކުރެވޭނެ ކަމުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ.



ރާއްޖޭގައި ކޯވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާތީ ސަރުކާރުން ވަނީ ކުރިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލައި ބޮޑެތި ލުއިތަކެއް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން